ބޮލީވުޑް ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރާ ތަރިން އާންމުގޮތެއްގައި ފިލްމެއް ކުޅެދެނީ ވަރަށް ބޮޑު އަގެއްގައެވެ. ނަމަވެސް މަޝްހޫރު ބަތޮލު ނަވާޒުއްދީން ސިއްދީގީ މިވަނީ ގިނަ ބަޔަކު ކޮސްކޮށްލާފައެވެ.
އެއީ ނަންދިތާ ދާސް ޑައިރެކްޓްކުރާ ފިލްމެއް ކަމުގައިވާ "މަންތޯ" ކުޅެން އެންމެ ރުޕީސް އަކަށް އެއްބަސްވުމުންނެވެ.
މި ފިލްމަކީ ކުރީގެ މަޝްހޫރު އުރުދޫ ލިޔުންތެރިއެއް ކަމުގައިވާ ސަދާތު ހަސަން މަންތޯގެ ހަޔާތުގެ މައްޗަށް އުފައްދާ ބަޔޯޕިކެކެވެ.
ދާސް ބުނެފައިވަނީ މި ފިލްމު އެ އަގުގައި ކުޅެން ނަވާޒުއްދީން އެ އަގަށް އެއްބަސްވީ އެއީ ބަޔޯޕިކަކަށް ވާތީ ކަމުގައި ބުނެފައިވެއެވެ.
އަންނަ މަހުގެ 21 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގައި ނަވާޒުއްދީންގެ އިތުރުން ރިޝީ ކަޕޫރު، ޕަރޭޝް ރަވަލް ފެނިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް