ޔޫރަޕްގައި ބޭއްވޭ އެންމެ ބޮޑު ޓެކް އެކްޒިބިޝަން އައިއެފްއޭ 2018 މިއަދު ފެށުމަށް ހަމަޖެހިފައިވާއިރު މި އެގްޒިބިޝަންގައި ސޮނީ ކުންފުނިން ތައާރަފްކުރަން ތައްޔާރުވަމުން އަންނަ އެ ކުންފުނީގެ އައު ސްމާޓް ފޯނު އެކްސް ޒެޑް ތްރީގެ ފޮޓޯއެއް ލީކުވެއްޖެއެވެ.
މި ފޯނު މިއަދު މެންދުރުފަހު ތައާރަފްކުރަން ހަމަޖެހިފައިވާއިރު މި ފޯނުގެ ފޮޓޯތައް ލީކުވީ ރޭގެވަގުތެއްގައެވެ.
މި ފޯނުގެ ޑިޒައިނަށް ބަލާލާއިރު މި ފޯނުގައިވެސް ސޮނީން ބޭނުންކޮށްފައިވަނީ ކަން ވަށް ޑިޒައިނެކެވެ. މިއީ ސޮނީގެ ސްމާޓްފޯނެއްގައި މި ޑިޒައިން ބޭނުންކުރި ފުރަތަމަ ފަހަރެވެ.
ބުނެވޭގޮތުގައި މި ފޯނުގައި ބޭނުންކޮށްފައިވަނީ ސްނެޕްޑްރެގޮން 845 ޕްރޮސެސަރެކެވެ. ހަތަރު ޖީބީގެ ރެމް އެކެވެ. ޑުއަލް ލެންސް އަދި މިހާރު ޓްރިޕަލް ލެންސް ކެމެރާތައް މި ފަހުން ނިކުންނަ ސްމާޓްފޯނުތަކުން ފެނުނު ނަމަވެސް ސޮނީގެ މި ފޯނުގައި ހިމަނާފައިވަނީ ސިންގަލް ލެންސް ކެމެރާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް