ދެން ނެރޭ އައިފޯނަކަށް ދެ ސިމް ލެއްވޭނަކަމަށް އޯލަ ފަތުރާ މަސްދަރުތަކުން ބުނެފި

އަންނަ މަހުގެތެރޭގައި އެޕަލް އިން އެ ކުންފުނީގެ އައިފޯނު ފްލެގްޝިޕްގެ އައު މޮޑެލްތަކެއް ތައާރަފްކުރާނެ ކަމުގައި ބެލެވޭއިރު އެ ނެރޭ މޮޑެލްތަކުގައި ޑުއަލް ސިމް ސަޕޯޓް ހިމަނާނެ ކަމަށް، އޯލަ ފަތުރާ މަސްދަ...

30 Aug 2018 | 02:14

އަންނަ މަހުގެތެރޭގައި އެޕަލް އިން އެ ކުންފުނީގެ އައިފޯނު ފްލެގްޝިޕްގެ އައު މޮޑެލްތަކެއް ތައާރަފްކުރާނެ ކަމުގައި ބެލެވޭއިރު އެ ނެރޭ މޮޑެލްތަކުގައި ޑުއަލް ސިމް ސަޕޯޓް ހިމަނާނެ ކަމަށް، އޯލަ ފަތުރާ މަސްދަރުތަކުން ބުނެފިއެވެ.

އެގޮތުން އައިއޯއެސް 12 ބީޓާ ކޯޑް ނަމަކަށްކިޔާ ބަޔަކު ވަނީ މިކަން ވަރަށް ޔަގީންކަމާއެކު ބުނެފައެވެ. ޓެކް ހަބަރުތައް ގެނެސްދޭ ބޮޑެތި ނޫސްތަކުން މި މީހުންގެ އޯލަ ވާހަކަތައް ގިނަފަހަރު ރިޕޯޓްކުރެއެވެ. އެއީ އެގޮތަށް ދައްކާ ވާހަކަތައް ގިނަ ފަހަރަށް ދިމާވާތީއެވެ.

ކޮންމެއަކަސް ގިނަ މަސްދަރުތަކަކުން މިކަން މިގޮތަށް ރިޕޯޓްކޮށްފައިވާއިރު ދެން ނިކުންނަ އައިފޯނަކަށް ދެ ސިމް ލެއްވޭގޮތް ހަދައިފިނަމަ އެކަން ވެގެންދާނީ ތާރީހުގައި އެޕަލް އިން މިކަންކުރާ ފުރަތަމަ ފަހަރަށެވެ.

ސްމާޓްފޯނު މާކެޓުގައި އެޕަލްއާއި ވާދަކުރާ އެންޑްރޮއިޑް ކުންފުނިތަކުން އާންމުގޮތެއްގައި ޑުއަލް ސިމް ސަޕޯޓް ގާއިމްކުރެއެވެ.

ޑުއަލް ސިމް ޓެކްނޮލޮޖީއަކީ 2000ގެ ކުރީކޮޅު ޗައިނާގެ ކުދި ކުންފުނިތަކުން ބޭނުންކުރަންފެށި ޓެކްނޮލޮޖީއެކެވެ. ނަމަވެސް މިހާރު ވާވޭ، ސެމްސަންގް ފަދަ ބޮޑެތި ކުންފުނިތަކުންވެސް މި ޓެކްނޮލޮޖީ ބޭނުންކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް