ދުޅަހެޔޮ ސިއްހަތެއްގައި ތިބެން ދިވެހީންކުރާ މަސައްކަތް ފެންނާނީ ފަތިސްދަޅައިގާ މާލެވަށާ ބުރެއްޖަހާލުމުންކަން ޔަގީނެވެ. ހިނގާ މީހުންނާއި ފަތާ މީހުންނާއި ދުވާ މީހުންނާއި ބައިސްކަލު ދުއްވާ މީހުންނާއި އެގޮތް މިގޮތަށް ކަސްރަތުކުރާ މީހުން ފެންނާނީ މަދެއްކޮށެއް ނޫނެވެ.
ހިނގަން، ދުވަން، ފަތަން، ބައިސްކަލް ދުއްވަން އަދި ކަސްރަތު ކުރަން ނުދެވޭ ފަރާތްތަކަށް މިއޮތީ މާ ފަސޭހަ ގޮތެކެވެ. ދުވާލަކު މަދުވެގެން ފަސް ފަތް ހިކަނދިފަތް ރޮލާ ކާލުމަކީ ހިކެން ބޭނުންވާ މީހުންނަށް މޮޅުގޮތެއް ކަމަށް އެބަ ބުނެ އެވެ. މިހެން ބުނަނީ އަދި މި ޑައެޓު އެންމެ ގިނައިން ކުރަނީ އަވައްޓެރި އިންޑިއާ ރައްޔިތުންނެވެ. މި ޑައެޓް ކުރާ މީހުން ބުނާގޮތުންނަމަ ހިކަނދިފަތް ރޮލާ ކާލައިގެން ހުރުން މިއީ ހިކެން މާ މޮޅު ގޮތެކެވެ.
އަވަށްޓެރި އިންޑިއާ މީހުން އެދައްކާވާހަކައަށް ބާރުލިބެނީ ހެލްތު ޓިޕްސް ގެނެސްދޭ ބައެއް ވެބްސައިޓްގައި ބަޔާންކޮށްފައިވާ ހިކަނދިފަތުގެ ފައިދާތަކެވެ.
އެ ވެބްސައިޓްތަކުގައިވާގޮތުން ހިކަނދިފަތަކީ އިންސާނާގެ ހަށިގަނޑަށް ފައިދާހުރި އަދި ހިކެން ބޭނުންނަމަ ކެއުން ރަނގަޅު ފަތެކެވެ.
ހަޖަމުކުރަން ފަސޭހަވޭ :
އެ ވެބްސައިޓްތަކުން ބުނާގޮތުންނަމަ ހިކަނދިފަތަކީ ހަޖަމުކުރުމުގެ ނިޒާމަށް ފައްކާ ފަތެކެވެ. ބޭރަށް ހިންގުމުން ވެސް ދުރުކޮށްދޭ ފަތެކެވެ. އަދި މާބަނޑު އަންހެނުން ހެނދުނުގަޑީގައި ހޮޑުލެވޭނަމަ ހިކަނދިފަތް ރޮލާ ކެއުމުން ހޮޑުލެވުން މަދުކޮށްދޭ ކަމަށްވެސް އެފަދަ ވެބްސައިޓްތަކުގައި ބުނެފައި ވެ އެވެ.
ހަށިގަނޑުން ޖަރާސީމު ނައްތާލުމަށް ހިކަނދިފަތަކީ އެހިއެއް :
ހެލްތު ވެބްސައިޓްތަކުގައިވާގޮތުންނަމަ ހިކަނދިފަތަކީ ހަށިގަނޑުން ޖަރާސީމު ނައްތާލަދޭ ފަތެކެވެ.
ކޮލެސްޓްރޯލް އަދި ފެޓްސް އަންދާލާ:
ހިކުމުގެ ނިޔަތުގައި މި ފަތް ކައިއުޅޭ ފަރާތްތަކުން ބުނާގޮތުންނަމަ އާދަވެ ހިކަނދިފަތް ކާނަމަ ހަށިގަނޑުގައި ޖަހާ ޝަރުބީއާއި ފެޓްސް ނައްތާލަދެއެވެ.
އިންޑިއާގައި މި ޑައެޓް ކުރާ ފަރާތްތަކުން ބުނާގޮތުންނަމަ އެމީހުން ކަނީ ދުވާލެއްގެ މައްޗަށް މަދުވެގެން ފަސްފަތެވެ. ބޮޑަށް ރަނގަޅީ ނިދުމުގެ ކުރިން ދެ ފަތް، ނިދާ ހޭލުމަށްފަހު ދެ ފަތް އަދި މެންދުރު ކެއުމަށްފަހު އެއް ފަތް ކާލުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް