މަސައްކަތްކުރަންތިބި ބިދޭސީންނަށް މުސާރަ ނުދިން މައްސަލަ ހޫނުވެ ދިވެހިންތަކެއް ރަހީނުކުރި ހާދިސާއަށް ހަމައަށްދިޔަ، ބ. ބޮޑުފިނޮޅުގައި ބިދޭސީން ރޯދައަށް ތިއްބާ މިއަދު ފެންކެނޑިފައިވާކަމަށް އެރަށުގައި ތިބި ބައެއްބިދޭސީން ބުނެފިއެވެ.
ބޮޑުފިނޮޅުގައި ތިބި ބައެއް ބިދޭސީން މިއަދު ދުވަހަށް މައުލޫމާތުދެމުން ބުނެފައިވަނީ ހެނދުނުއްސުރެ ފެން ނުލިބޭ ކަމަށާއި ބޯނެ ފެނެއް، ފެންވަރާނެ ފެނެއްވެސް ނެތް ކަމަށެވެ. އަދި އެކަން ހައްލުކޮށްދޭނެ މީހަކުވެސް ނެތް ކަމަށާއި ހެނދުނުއްސުރެ އާދޭސް ކުރަމުން އަންނަ ކަމަށެވެ.
އެ ރަށުގައި ތިބި ބިދޭސީންގެ މައްސަލައިގަ ރިސޯޓުގެ ވެރިފަރާތް ކަމުގައިވާ ސީލް ކުންފުނިން ބޭނުންވަނީ އެމީހުން މިހާރު އެ ރަށުން ބާލާށެވެ. އެއީ އެ ބިދޭސީން ތިބޭއިރު ފެނާއި ކަރަންޓަށްވެސް ހަރަދުތަކެއް ދާތިއެވެ. ނަމަވެސް ރިޒް ކުންފުނިން ބުނަނީ އެއީ ކޮން ބިދޭސީންނެއްކަން ކަމާބެހޭ ފަރާތްތަކުން ބުނެ ނުދެވެނީސް ހަވާލު ނުވާނެ ކަމަށެވެ. މި މައްސަލައިގާ މި މަހުގެ ނިޔަލަށް އެ ބިދޭސީންނަށް މުސާރަ ދިނުމަށްވެސް ރިޒަށް، ވަޒީފާއާއި ބެހޭ ޓްރިބިއުނަލުން އަންގާފައިވެއެވެ.
ބިދޭސީން އެ ރަށުގައި ތިއްބާ ފެން ކެނޑިފައިވާއިރު ސީލްގެ ބަހެއް މިކަމުގައި ހޯދޭތޯ ދުވަހުން މިދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަދި ބަހެއް ވަނީ ނުލިބިފައެވެ.
މުސާރަ ނުދޭ މައްސަލައިގަ ރިޒްގައިމ ަސައްކަތް ކުރާ200 އެއްހާ ބަންގްލަދޭޝް މުވައްޒަފުން ވަނީ މުޒާހަރާކޮށް އެ ރަށުގައި މަސައްކަތް ކުރާ13 ދިވެއްސަކު ރަހީނުކޮށްފައި އެވެ. މި މައްސަލައިގަ ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް