ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކާޑިއެކް ސެންޓަރެއް ގާއިމްކުރުމުގެ ގޮތުން "ވޭވްލެންތް" ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮއްފިއެވެ.
ޓާޝަރީ ފެންވަރަށް ތަރައްޤީކުރާ މި ސެންޓަރު ގާއިމުކުރުމަށް މިއަދު ސޮއިކޮށްފައިވާއިރު، މިއީ 600000 ރުފިޔާގެ މަޝްރޫއެއް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
މި ކާޑިއެކް ސެންޓަރުގެ މަސައްކަތް ފަށާތާ 55 ދުވަހުން ނިންމާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އެ ސަރަހައްދުން އެންމެ ގިނައިން މީހުން ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ ހޮސްޕިޓަލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް