ފޭސްބުކް ލައިވް ވީޑިއޯއެއްގައި، ދިރިހުރި ބުޅަލެއް ކާލި މީހަކު އިންޑޮނޭޝިއާ ފުލުހުން ހޯދަން ފަށައިފިއެވެ.
އިންޑޮނޭޝިއާގެ އަވަށެއް ކަމަށްވާ ކެމެޔޮރަން ސިޓީގައި އެމީހާ ކުރި މި ލައިވް ވީޑިއޯ އިން ފެންނަގޮތުގައި، ދިރިހުރި ބުޅަލެއް އެމީހާ ކަނީ މަގުމަތީގައި ހުރެގެންނެވެ. އެ ވީޑިއޯ ކުރި ވަގުތު މަގުމަތީގައި މީހުން ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ވީޑިއޯ ވައިރަލް ވެފައިވާއިރު، ގިނަ މީހުންނަށް އެއީ ރަގަޅު އަދި މަޖާ ކަމަކަށް ނުވިއެވެ. އެގައުމުގެ އެތައް ބަޔަކު ފުލުހުންނަށް މައްސަލަ ރިޕޯޓު ކޮށްފައި ވާކަމަށް އިންޑޮނޭޝިއާ ފުލުހުން ބުންޏެވެ. އޭގެތެރެއިން ގިނައީ ޖަނަވާރުން ދެކެ ލޯބިވާ މީހުން ކަމަށް ވެސް ފުލުހުން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.
ފުލުހުން ބުނިގޮތުގައި، އެމީހާ ވީތަކެއް އަދިވެސް ނޭންގޭ ކަމަށާއި، އެމީހާ ހޯދުމަށްފަހު އެކަމާއި ބެހޭގޮތުން ސުވާލު ކުރާނެއެވެ. އަދި ބުޅާ ކެއީ ކީއްވެގެން ކަމާއި، އޭނާގެ ސިކުނޑީގެ އުނިކަމެއް ހުރީތޯ ވެސް ސުވާލު ކުރާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގިނަ މީހުން ބުނާގޮތުން ނަމަ އެމީހާ އެ ބުޅާ ދިރުހުއްޓާ ކައިލީ މީހުންގެ ސަމާލުކަން ހޯދައި، ފޭސްބުކުގައި މަޝްހޫރު ވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް