ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި، އަންހެނަކާއި ކުޑަކުއްޖަކަށް އަނިޔާވެއްޖެ

މިއަދު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި، އަންހެނަކާއި ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ. މިއަދު 14:00 ހާއިރު ހިނގި މި އެކްސިޑެންޓްގައި، އަންހެން މީހާ ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލު ނުވެގެން ގޮ...

30 Jul 2019 | 10:36

މިއަދު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި، އަންހެނަކާއި ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.

މިއަދު 14:00 ހާއިރު ހިނގި މި އެކްސިޑެންޓްގައި، އަންހެން މީހާ ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލު ނުވެގެން ގޮސް ފިހާރައެއްގެ ބިއްލޫރިގަނޑުގައި ވަނީ ޖެހިފައެވެ. ނިރޮޅުމަގުގައި ހުރި އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ސައިކަލު ދުއްވަން އިނީ 31 އަހަރުގެ ލައިސަންސް އޮތް އަންހެނެއް ކަމަށާއި، ފަހަތުގައި އިނީ 9 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓްގައި އަންހެން މީހާގެ މޫނުމަތި ވަނީ ކަފައިގެން ގޮސްފައެވެ. އަދި ކުޑަ ފިރިހެން ކުއްޖާގެ ލޯކައިރިން ވަނީ މަށައިގެން ގޮސްފައެވެ. މި ދެމީހުންވެސް ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް