ރައީސް ބ. ފުޅަދުއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، އެއަތޮޅު ފުޅަދުއަށް ވަޑައިގެންފިއެވެ. ރައީސް ސޯލިހު ފުޅަދުއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އެރަށުން ވަރަށް ...

30 Jul 2019 | 09:58

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، އެއަތޮޅު ފުޅަދުއަށް ވަޑައިގެންފިއެވެ.

ރައީސް ސޯލިހު ފުޅަދުއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އެރަށުން ވަރަށް ހޫނު މަރުޙަބާއެއް ވަނީ ކިޔައިފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ފުޅަދޫ ކައުންސިލަރުންނާ އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަކުރައްވައި މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން މިއަދު ހެނދުނު ރައީސް ވަނީ އެއަތޮޅު ފެހެންދުއަށް ވަޑައިގެންފައެވެ. އާބާދީގައި 120 ވަރަކަށް މީހުން އުޅޭ އެރަށުން ރައީސަށް ވަނީ ހޫނު މަރުޚަބާއެއް ކިޔައިފައެވެ. އަދި އެރަށުގެ އިސް ބޭފުޅުންނާ ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް