މާލެއިން ޓްރީ ޓޮޕް ހޮސްޕިޓަލަށް ދަތުރު ކުރުމަށް "ގެސްޓް ޓްރާންސްފަރ ޚިދުމަތް" މި ފެށޭ އޮގަސްޓް މަހުން ފެށިގެން ކުރިއަށްދާނެ ކަމުގައި އެ ހޮސްޕިޓަލުން ބުނެފިއެވެ.
އެ ހޮސްޕިޓަލުން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން، މާލެއާއި ހުޅުމާލެއާއި ދެމެދު ގެސްޓް ޓްރާންސްފަރގެ ޚިދުމަތް އޮގަސްޓް 1، 2019 ގައި ފެށުމަށްވަނީ ހަމަޖެހިފައެވެ.
"އިތުރު ފީއެއް ދައްކަން ނުޖެހޭ މި ޚިދުމަތް ތަޢާރަފްކޮށްފައިވާނީ، ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކޯޕޮރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ އިތުރުން، ހޮސްޕިޓަލުގެ ޚިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާ ބޭފުޅުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެޕޮއިންޓްމަންޓް ޔަޤީންކުރައްވާ ވަގުތު މި ޚިދުމަތަށް ބުކިންގް ހެދުމުގެ ފުރުސަތު ގެސްޓް ސަރވިސް ރިސެޕްޝަން އަދި ކޮންޓެކްޓް ސެންޓަރ 3351610 އިން ލިބިލައްވާނެއެވެ. މި ޚިދުމަތް ބޭނުންކުރެއްވުމަށްފަހު އެޕޮއިންޓްމަންޓް ޔަޤީން ކުރެވުނު ކަމުގެ އެސްއެމްއެސް ޑްރައިވަރަށް ދައްކަންވާނެ ކަމަށާއި އަދި ކޮންމެ ގެސްޓަކާއެކު އެއް އެހީތެރިޔަކަށް މި ޚިދުމަތް ބޭނުން ކުރެއްވުމުގެ ފުރުސަތު ދެވޭނެ ކަމުގައިވެސް ބުނެފައިވެއެވެ.
އެ ހޮސްޕިޓަލުން ބުނެފައިވާގޮތުގައި ގެސްޓް ޓްރާންސްފަރ ޚިދުމަތް ތިރީގައިވާ ތާވަލްގެ ދަށުން މާލޭގެ ޕޮލިސް ޓޯޔާޑް ކައިރިން، ބޮޑުތަކުރުފާނުމަގު އަދި ޓްރީޓޮޕް ހޮސްޕިޓަލް، ހުޅުމާލެއާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް