މިއަހަރުގެ ބައިނަލްއަޤްވާމީ ރަޙުމަތްތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަތުގުޅާލުމުގެ ހަރަކާތް ކުރިޔަށް ގެންދިޔުމަށްޓަކައި މިއަދު ހަވީރު މާލޭގެ ބޮޑުތަކުރުފާނު މަގުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން އެ މަގުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައި މިއަދު ހަވީރު 4:30 އިން އިރުއޮއްސި 6:00 އަށެވެ.
އެ ވަގުތު ބޮޑުތަކުރުފާނު މަގުގައި ދުއްވަން ހުއްދަދީފައިވާ އުޅަނދުތަކަކީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުތަކާއި އެމްބިއުލެންސް އާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ ސައިކަލުގެ އިތުރަށް ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ހިދުމަތް އަދި އެދުވަހުގެ އެގަޑިގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދުތަކެވެ.
މި އެންގުމާއި ހިލާފުވާ މީހުންނަށް އެއްގަމު ދަތުރު ފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް