ފަންޑު ފޮށި ހިފައިގެން ފައިސާ ހޯދަން އުޅުނު ޒުވާނަކު ހައްޔަރުކޮށްފި

ފައިސާ ހޯދުމަށް ފަންޑު ފޮށި ހިފައިގެން ފައިސާ ހޯދަން އުޅުނު ޒުވާނަކު ރަސްފަންނު ސަރަހައްދުން ހައްޔަރުކޮށްފިއެވެ. މި ޒުވާނާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. މި ޒުވާނާ ހައްޔަރު ކުރީ ...

30 Jul 2019 | 04:56

ފައިސާ ހޯދުމަށް ފަންޑު ފޮށި ހިފައިގެން ފައިސާ ހޯދަން އުޅުނު ޒުވާނަކު ރަސްފަންނު ސަރަހައްދުން ހައްޔަރުކޮށްފިއެވެ.

މި ޒުވާނާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

މި ޒުވާނާ ހައްޔަރު ކުރީ ފަންޑު ފޮށި ހިފައިގެން ފައިސާ ހޯދަން އުޅުނު މަންޒަރު ދެ ފުލުހަކަށް ފެނުމުން، އެ ޒުވާނާ ފަހަތުން ފުލުހުން ދާން ފެށުމުން ފޮށި ހިފައިގެން ބާރު ހިނގުމުގައި ގޮސް ފިލަން އުޅުމުގެ ތެރޭގައެވެ. އޭނާ އެވަގުތު ހުރީ މުޅިން ހަމައިގާ ނޫން ކަމަށް މަންޒަރު ދުށް މީހަކު ދުވަހަށް ކިޔާދިނެވެ.

ފަންޑު ފޮށި ހިފައިގެން އުޅުނު މި ޒުވާނާ ހައްޔަރުކޮށްފައިވާއިރު މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައި ތިބޭ ބައެއް ޒުވާނުން މަސްތުވާތަކެތި ގަތުމަށް ފައިސާ ހޯދުމަށް ފަންޑުފޮށި ހިފައިގެން މަގުމަތީގައި އުޅޭ މަންޒަރު މި ފަހަކަށް އައިސް ފެންނަމުން ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް