ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ތާޢީދުކުރަނީ ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓްކަމަށްވާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ރަނިން މޭޓް ފައިސަލް ނަސީމަށްކަމަށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚު އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
ޝައިޚް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިބޫ އާއި ފައިސަލް ނަސީމްވެސް އިސްލާމް ދީނަށް ލޯބިކުރާކަމަށާއި ރައްޔިތުންގެ މަސްލަހަތަށް އިސްކަންދެއްވާކަމުގައެވެ. އަދި ދެ ބޭފުޅުންގެ ފަރާތުން ކިބުރުވެރިކަމެއް ބޮޑާކަމެއް ފެނިފައިނުވާކަމަށް ޝައިޚުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ. ޝައިޚު ވަނީ ދެ ބޭފުޅުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ގުޅިފައިވާ ކޯލިޝަންގެ ތެރޭގައި އަދާލަތު ޕާޓީވެސް ހިމެނެއެވެ. އަނެއްކޮޅުން ރައީސް ޔާމީން ގެ ރަނިންމޭޓަކަށް ދީނީ ޢިލްމުވެރިޔާ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސެވީ މިފަސްގަނޑުން އިސްލާމް ދީން ނޫން ދީނަކަށް ޖާގަނުދީ މިގޮތުގައި ބޭއްވުމަށް މަސައްކަތްކުރެއްވުމަށްކަމަށް ރައީސް ޔާމީން ގެންދަވަނީ ވިދާޅުވަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް