ދުޅަހެޔޮ ކަމާއިބެހޭގޮތުން ބިޕާޝާ ފޮތެއް ލިޔަނީ

ބޮލީވުޑް ބަތޮލާ ބިޕާސާ ބާސޫ، ދުޅަހެޔޮ ކަމާއި ބެހޭގޮތުން ފޮތެއް ލިޔަން ތައްޔާރުވެއްޖެ އެވެ. މި ފަހަކަށް އައިސް ކަސްރަތު ކުރާގޮތުގެ ވީޑިއޯތަކާއި ބްލޮގްޕޯސްޓްތައް ތައްޔާރުކުރުމުގައި ބުރަކޮށް އުޅޭ ބިޕާސާ ...

30 Jul 2018 | 04:04

ބޮލީވުޑް ބަތޮލާ ބިޕާސާ ބާސޫ، ދުޅަހެޔޮ ކަމާއި ބެހޭގޮތުން ފޮތެއް ލިޔަން ތައްޔާރުވެއްޖެ އެވެ.

މި ފަހަކަށް އައިސް ކަސްރަތު ކުރާގޮތުގެ ވީޑިއޯތަކާއި ބްލޮގްޕޯސްޓްތައް ތައްޔާރުކުރުމުގައި ބުރަކޮށް އުޅޭ ބިޕާސާ ބުނެފައިވާގޮތުގައި އެ މަސައްކަތް މިހާރު ވަނީ ފަށާފައި އެވެ. އަދި އަންނަ އަހަރު އެ ފޮތް ރިލީޒް ކުރާނެ ކަމަށް އޭނާ ބުނެފައި ވެ އެވެ.

ބިޕާސާއަކީ އަބަދުވެސް ދުޅަހެޔޮކަމަށް ލޯބިކުރާ ތަރިއެއްގެ ގޮތުގައި މަޝްހޫރުވެފައި އޮންނައިރު ފޮތެއް ލިޔަން ނިންމުމުން އޭނާގެ ސަޕޯޓަރުން ވަނީ އޭނާގެ މި މަސައްކަތަށް ތައުރީފުކޮށް ތަރުހީބު ދީފައި އެވެ.

ބޮލީވުޑް ތަރިންގެ ތެރެއިން ސިލްޕާ ޝެޓީވެސް ދުޅަހެޔޮކަމާއި ބެހޭގޮތުން ދެ ފޮތެއް ލިޔެފައި ވެ އެވެ. އެއީ "ދަ ޑަޔަރީ އޮފް ޑޮމެސްޓިކް ޑީވާ" އާއި "ދަ ގްރޭޓް އިންޑިއަން ޑައިޓް" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް