ޓްވިޓާ ލައިވް ވީޑިއޯއަށް ދެން ގޯސް ކޮމެންޓު ނުކުރާތި – ސަސްޕެންޑު ކޮށްލާނެ

ޓްވިޓާ ލައިވް ވީޑިއޯ ޕްލެޓްފޯމް ޕެރިސްކޯޕުގެ ވީޑިއޯތަކަށް ކޮމެންޓް ކުރާއިރު ތަކުރާރުކޮސް ގޯސް ކޮމެންޓު ކުރާނަމަ ކޮމެންޓް ކުރާ އެކައުންޓްތައް ސަސްޕެންޑު ކުރަން ނިންމާފައިވާކަން ޓްވިޓާއިން ހާމަކޮށްފި އެ...

29 Jul 2018 | 23:44

ޓްވިޓާ ލައިވް ވީޑިއޯ ޕްލެޓްފޯމް ޕެރިސްކޯޕުގެ ވީޑިއޯތަކަށް ކޮމެންޓް ކުރާއިރު ތަކުރާރުކޮސް ގޯސް ކޮމެންޓު ކުރާނަމަ ކޮމެންޓް ކުރާ އެކައުންޓްތައް ސަސްޕެންޑު ކުރަން ނިންމާފައިވާކަން ޓްވިޓާއިން ހާމަކޮށްފި އެވެ.

ޓްވިޓާއިން މިކަން ހާމަކޮށްފައިވަނީ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ކޮމެންޓް ކުރުމުގައި މާ ގިނައިން އެކައްޗެއް ކިޔާނަމަ، ހަޑި ހުތުރު ބަސްތައް ބޭނުންކުރާނަމަ އެ ކޮމެންޓްކުރާ އެކައުންޓެސް ސަސްޕެންޑު ކުރާނެ ކަމަށެވެ.

މި ބަދަލަކީ މި އަހަރުގެ ތެރޭފައި ޓްވިޓާ ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވުމަށް މި އަހަރުގެ ޖޫން މަހަށްފަހު އެ ކުންފުނިން ފަށައިގެން އުޅޭ ޕްރޮގްރާމްގެ ބައެއް ކަމުގައި ޓްވިޓާއިން ބުނެފައި ވެ އެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން މި ފަހުން ފޭކް ފޮލޯތަކާއި ބޮޓް ފޮލޯތައް ޓްވިޓާ އެކައުންޓްތަކުން އުނިކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް