އައު ސްމާޓްފޯނަކާއެކު އަލުން ސްމާޓްފޯނު މާކެޓަށް އެމޭޒަން އިން ދާދި އަވަހަށް ވަންނާނެ ކަމުގައި ބެލެވެން ފަށައިފި އެވެ.
މިގޮތަށް މި ބެލެވެން ފެށީ އެ ކުންފުނިން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސްޓޫޑިއޯ ހެޑް ޖެން ސާލްކޭއަށް ނޫސްވެރިއަކު ކުރި ސުވާލަކަށް ދިން ޖަވާބަކުންނެވެ.
ނޫސްވެރިއަކު ސުވާލުކުރީ އައު ފޯނެއް މާކެޓަށް ނެރެން އެމޭޒަނުން ތައްޔާރުވަމުން އަންނަ ކަމުގެ ހަބަރަކީ ތެދު ހަބަރެއްތޯ އެވެ. ޖަވާބުގައި ސަލްކޭ ބުނީ އަލަށް ނެރެން އުޅޭ ފޯނު ބްރޭންޑްގެ ފޯނެއް މިހާރު އޭނާގެ އޮފީހުގައިވެސް އޮންނާނެ ކަމަށެވެ.
ސަލްކޭ ބުނެފައިވަނީ އެ ފޯނު ލޯންޗުކުރާނެ މުއްދަތެއް ކަނޑައަޅަން އަވަސްވެގަންނަން އަދި ނުފެންނަ ކަމަށެވެ. އެ ފޯނަކާބެހޭ އިތުރު އެއްވެސް މައުލޫމާތެއް އޭނާ ހާމައެއް ނުކުރެ އެވެ.
އެމޭޒަން އިން ހާޑްވެއަރ ވިޔަފާރިއަތް ވަތްންތާ ގާތްގަނޑަކަށް މިހާރު 10 އަހަރުވާން ގާތްވެފައިވާއިރު އެ ކުންފުނީގެ ޕްރޮޑަކްޓް ލައިންގައި ކިންޑަލް އާއި ފަޔަރ ތެބްލެޓް ހިމެނެ އެވެ.
އެ ކުންފުނިން ފަޔަރ ފޯންގެ ނަމުގައި 2014ގައި ފޯނެއް ނެރުނު ނަމަވެސް އެ ޕްރޮޑަކްޓަށް މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް