ޑީއެޗް11 ގައި ކޯވިޑަށް ފަރުވާ ދެމުންދިޔަ ފިލިޕިންސް މީހަކު މަރުވެއްޖެ

ރާއްޖޭގައި ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ. މިއަދު މެންދުރު 1:50 ހާއިރު މަރުވެފައިވަނީ ޑީއެޗް11 ގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ މީހެކެވެ. އެއީ ފިލިޕިންސް އަށ...

30 Jun 2020 | 11:25

ރާއްޖޭގައި ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

މިއަދު މެންދުރު 1:50 ހާއިރު މަރުވެފައިވަނީ ޑީއެޗް11 ގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ މީހެކެވެ. އެއީ ފިލިޕިންސް އަށް ނިސްބަތްވާ 43 އަހަރުގެ ފިރިހެނެކެވެ.

މިމީހާ ޑީއެޗް11 އަށް ބަދަލު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި އެވެ. ކޯވިޑަށް ޖެހިގެން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން އޭނާގެ ހާލު ސީރިއަސް ވެގެން ފަރުވާދެމުންދިޔައީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި އެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި ނުވަ ވަނަ މީހާ އެވެ. މި ހާތަނަށް މި ބަލީގައި މަރުވެފައިވަނީ މި މީހާގެ އިތުރުން ހަތަރު ދިވެއްސަކާއި ހަތަރު ބަންގްލަދޭޝް މީހެކެވެ.

ކޯވިޑަށް ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އިތުރު ދެމީހެއްގެ ހާލު ސީރިއަސް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި އެވެ.

އެ ދެމީހުންނަށް ފަރުވާދެމުންދިޔައީ ޓްރީ ޓޮޕް ހޮސްޕިޓަލް އައިސީޔޫގައި އެވެ. އެކަމަކު އިއްޔެ މާބޮޑަށް ހާލު ސީރިއަސްވެގެން ޑީއެޗް11 އަށް ވަނީ އެ ދެމީހުންވެސް ބަދަލުކޮށްފައި އެވެ.

މިހާތަނަށް ރާޢްޖެއިން ކޯވިޑް-19 އަށް 2،337 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 1،927 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް