މާމިގިލީ އެއާޕޯޓްގައި ފުރަން ތައްޔާރުވެފައި އޮތް ފްލައިޓަކަށް މީހަކު އަރާ މަންމައެއްގެ އަތުން ދަރި އަތުލައިގެންފި

މާމިގިލީ އެއާޕޯޓްގައި މިއަދު ފުރަން ތައްޔާރުވެފައިއޮތް ފްލައިޓަކަށް މީހަކު އަރާ މަންމައެއްގެ އަތުން ދަރިއަކު އަތުލި މައްސަލައެއްގައި އެމީހާ ހައްޔަރުކޮށްފިއެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނެރެފައ...

30 Jun 2019 | 14:24

މާމިގިލީ އެއާޕޯޓްގައި މިއަދު ފުރަން ތައްޔާރުވެފައިއޮތް ފްލައިޓަކަށް މީހަކު އަރާ މަންމައެއްގެ އަތުން ދަރިއަކު އަތުލި މައްސަލައެއްގައި އެމީހާ ހައްޔަރުކޮށްފިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:18 ހާއިރުގައެވެ.

"އާންމުންގެ މީހަކު ވަނީ މާމިގިލީ އެއާޕޯޓްގައި VP605 ފުރަން ތައްޔާރުވެފައިވަނިކޮށް، އެއަރސައިޑަށް ވަދެވޭގޮތަށް ހުންނަ ގޭޓުން ދުވެފައި ގޮސް، އެ ފްލައިޓަށް އަރާ، މަންމަ އަތުގައި އިން ކުޑަކުއްޖަކު އަތުލައިފައެވެ" އޭވިއޭޝަން ކޮމާންޑުން ބުނެފައިވެއެވެ.

ބުނެފައިވާގޮތުގައި އެ ހާދިސާ ހިނގި ވަގުތު ސެކިއުރިޓީ ޗެކްޕޮއިންޓް ޑިއުޓީގައި އިންނެވި އޮފިސަރު އެމީހާ ހުއްޓުވަން މަސައްކަތް ކުރުމުން އޭނާ އެއަށް އިޖާބަ ނުދީ ދުވެފައި ފްލައިޓަށް އަރަން ދިއުމުން، އެމީހާ ފަހަތުން ދިޔަ ސެކިއުރިޓީ އޮފިސަރު ވަނީ، އެމީހާ ފްލައިޓުން ބާލުވައި، ފުލުހުންނާ ހަވާލުކޮށްފައެވެ.

ވައިގެ ބަނދަރުތަކާ ބެހޭގޮތުން ހެދިފައި ހުންނަ ގާނޫނުތަކާއި، ގަވާއިދުތައް ހެދިފައި ހުންނަނީ ވައިގެ ބަނދަރުތަކާއި އެތަންތަނުގެ ބޭނުން ކުރައްވާ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށްވާއިރު، އެ ފަރާތްތަކާއި އެތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ، މިފަދަ އަމަލުތައް ނުހިންގުމަށް އޭވިއޭޝަން ސެކިރުރިޓީ ކޮމާންޑުގެ އެ ނޫސްބަޔާނުގައި އިލްތިމާސް ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް