އަހަރުތަކެއް ވަންދެން ފިލިޕިންސްގައި ބެހެއްޓުމަށްފަހު އަނބުރާ ފޮނުވާލި 69 ކޮންޓޭނަރު ކުންޏާ ކެނެޑާއިން ހަވާލުވެއްޖެއެވެ.
މި ކުނި ތަކަކީ 2013 ގައި ކެނެޑާގެ ކުންފުންޏަކުން ފިލިޕިންސަށް ފޮނުވި ކުނިތަކެކެވެ. މި ކުނި ކޮންޓޭނަރުތައް ފޮނުވީ ރިސައިކަލް ކުރެވޭ ޕްލާސްޓިކުގެ ގޮތުގައެވެ. ނަމަވެސް އެ ކޮންޓޭނަރުތަކުގައި ހުރީ އާއްމުކޮށް ގޭތެރޭގައި އުފެދޭ ކުންޏެވެ. އޭގެ ތެރޭގައި ބަދިގޭގައި އުފެދޭ ކުންޏާއި ނެޕީ ފަދަ ތަކެތިވެސް ހިމެނެއެވެ.
އޭރު ކެނެޑާ ކުންފުންޏަކުން ފޮނުވި މިފަދަ ކުނި ކޮންޓޭނަރުގެ އަދަދު 100 އަށް އަރައެވެ. އޭގެ ތެރެއިން ބައެއް ކުނި ފިލިޕީންސުން ނައްތާލާފައިވެސް ވެއެވެ.
މިހާ ދުވަހު އެ ކުނިތައް ކެނެޑާއަށް ފޮނުވާ ނުލާ ފިލިޕިންސުން ބެހެއްޓީ އެ ކުންޏާއި ހަވާލު ވާން ކެނެޑާއިން ދެކޮޅު ހަދަމުން ދިއުމުންނެވެ. ނަމަވެސް އެންމެ ފަހުން މިދިޔަ މަހުގެ 27ގައި ފިލިޕިންސުން ވަނީ ހަވާލުވިޔަސް ނުވިޔަސް ހެޔޮ ކަމަށް ނިންމާ އެ ކޮންޓޭނަރުތައް ކެނެޑާއަށް ފޮނުވާލާފައެވެ.
މިހާރު ކެނެޑާއިން ނިންމާފައިވަނީ އެ ކުނިތަކާއި ރަސްމީކޮށް ހަވާލުވެ އެ ކުނިތައް، ހާއްސަ އިންތިޒާމެއްގެ ދަށުން ނައްތާލުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް