ޓްރެފިކް ގަވާއިދާއި ޚިލާފުވި 1350 އުޅަނދުގައި ފުލުހުން ސްޓިކާ ޖަހައި އެއިން ދައުލަތައް ގާތްގަނޑަކަށް 33،7500 ރުފިޔާ ލިބޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ފުލުހުން އާންމުކޮށްފައިވާ ޓްރެފިކް މެނޭޖްމެންޓުގެ ތަފާސް ހިސާބްތައް ދައްކަގޮތުގައި މިދިޔަ ހަފްތާ ޖުމްލަ 591 އުޅަނދު ވަނީ ބަލާ ފާސްކޮށްފަ އެވެ. ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވި 82 އުޅަނދެއް އެ މުއްދަތުގައި ފާހަގަވެފައިވާކަން އޭގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން އެ މުއްދަތު ތެރޭ ލައިސެންސްނެތި ދުއްވި މައްސަލައެއްގައި 11 މައްސަލަ އެއް ފާހަގަކޮށްފައިވާއިރު، ފޯނުގައި އިނދެގެން ނުވަތަ ހެޑްސެޓް ޖަހައިން ދުއްވި 24 މައްސަލައެއް ފުލުހުން އާންމުކޮށްފައިވާ ޓްރެފިކް މެނޭޖްމެންޓުގެ ތަފާސް ހިސާބްގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން ފުރަތަމަ ފަހަރަށް ޖޫރިމަނާ ކުރާއިރު 250ރ. ދެވަނަ ފަހަރަށް ޖޫރިމަނާ ކޮށްފިނަމަ 500ރ. އަދި ތިންވަނަ ފަހަރަށް ޖޫރިމަނާ ކޮށްފިނަމަ 750 ރުފިޔާ ދައުލަތައް ދައްކަން ޖެހެއެވެ. ދައުލަތައް ދައްކާ ފައިސާ ދައްކަން ޖެހެނީ މީރާއަށެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވައުދުވެވަޑައިގަތީ، ޕާކިން މައްސަލައަށް ހައްލެއް ނުހޯދައި ސްޓިކާ ނުޖަހާނެ ކަމަށެވެ. އެ ވައުދާ އެއްގޮތަށް މިއަހަރު ފެށުނު އިރު ސްޓިކާ ޖެހުން ހުއްޓާލި އެވެ. ނަމަވެސް ހަމައެއް ލަމައެއް ނެތި ޕާކްކުރަން ފެށުމުން، ފެބުރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ވަނީ އަލުން ސްޓިކާ ޖަހަންފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް