ލާމު އަތޮޅު ކައްދޫއިން ފޮނަދުއަށް ދަތުރުކުރި ކާރެއް، އެ ދެ ރަށް ދެމެދުގައިން އޮންނަ ކޯޒްވޭ މަތިން މަތަ ނުވެގޮސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 06:25 ހާއިރުގައެވެ. އެކްސިޑެންޓް ހިނގި އިރު ކާރުގައި ދެމީހަކު ތިބި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި ކާރު އެކްސިޑެންޓް ވީ ކޯޒްވޭގެ އިރުމަތީ ފަރާތު ޖަހާފައި ހުންނަ ބްލޮކްސްތަކުގައި ޖެހިގެންނެވެ. އެ ބްލޮކްސްތަކުގައި ޖެހި ކާރު ފުރޮޅާލައި 300އެއްހާ ފޫޓު ދުރަށް ކަހާލައިގެން ގޮސްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްގައި ކާރަށށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި ކޯޒްވޭގެ ފަސް ބްލޮކް ނެއްޓި، އޭގެން ތިން ބްލޮކް މޫދަށް ވެއްޓިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި ކާރު ދުއްވަން އިނީ 25 އަހަރުގެ ފިރިހެނެކެވެ. އޭނާގެ އަތުގައި ލައިސަންސް އޮންނަ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް