ރަނިންމޭޓެއްގެ ގޮތުގައި އެންމެ ރަނގަޅީ އެމްޕީ އަލީ ހުސެއިން: އެމްޕީ އަބުޅޯ

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ރިޔާސީ ކެނޑިޑޭޓަކު އެމްޑީޕީން ނެރެ ރަނިން މޭޓަކު ޖުމްހޫރީ ޕާޓީން ނެރެން އިދިކޮޅު ކޯލީޝަނުން އެއްބަސްވެފައިވާއިރު ރަނިންމޭޓެއްގެ ގޮތުގައި އެންމެ ރަނގަޅީ ކެންދޫ ދާއިރ...

30 Jun 2018 | 12:12

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ރިޔާސީ ކެނޑިޑޭޓަކު އެމްޑީޕީން ނެރެ ރަނިން މޭޓަކު ޖުމްހޫރީ ޕާޓީން ނެރެން އިދިކޮޅު ކޯލީޝަނުން އެއްބަސްވެފައިވާއިރު ރަނިންމޭޓެއްގެ ގޮތުގައި އެންމެ ރަނގަޅީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ކަމުގައި އެމްޕީ އަބުޅޯ ވިދާޅުވެއްޖެ އެވެ.

އަބުޅޯ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައި އެވެ.

އެ ޓްވީޓްގައި އަބުޅޯ ވިދާޅުވެފައިވަނީ ކޯލީޝަން ކެނޑިޑޭޓްގެ ރަނިންމޭޓެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީން ރައްޔިތުންނަށް ދައްކަން އެންމެ ރަނގަޅު ބޭފުޅަކީ އަލް އުސްތާޒް އަލީ ހުސެއިން ކަމުގައި ދެކޭ ކަމަށެވެ. އަލީ ހުސެއިން އަށް ތާއީދު ކަމަށެވެ.

https://twitter.com/AblhoMP/status/1013020955025788929

ރަނިން މޭޓަކު ދެއްކުން ޖުމްހޫރީ ޕާޓީއަށް އޮތް އިރު ބައެއް އެމްޕީންނާއި ސިޔާސީ ދާއިރާގެ ބައެއް ފަރާތްތަކުން އަންނަނީ އެބޭފުޅުންގެ ހިޔާލު ފާޅު ކުރަމުންނެވެ. އެގޮތުން ދާދިފަހުން ޖުމްހޫރީ ޕާޓީގެ ރައީސް ކަމަށް އިންތިހާބުވެފައިވާ އަލީ ވަހީދު ވިދާޅުވެފައިވަނީ ރަނިންމޭޓަކަށް އެންމެ ރަނގަޅީ ގާސިމް އިބްރާހިމްގެ ހަގު އަނބި އައިޝަތު ނަހުލާ (އައިޝާ) ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް