ރިޔާސީ އިންތިހާބު ގާތްވެފައިވާއިރު އަދި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގިނަ ކަންތައްތަކެއް ހިނގަމުން އަންނަ އިރު ގައުމު އައު ފެށުމަކުން ފެށުމަށް އެމްޑީޕީގެ ލޮބުވެތި މެމްބަރުންވެސް ތާއީދުކޮށްދެއްވުމަށް، ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާފައިވާ އެލްޖީއޭގެ ކުރީގެ ނައިބުރައީސް ޝުޖާޢު ހުސެއިން ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު މި ހިގަމުން އަންނަ ކަންކަމާއި އަދި އެމްޑީޕީގެ ކޮންގްރެސް އާއި މެދު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ސުވާލު ކުރުމުންނެވެ.
ޝުޖާޢު ވިދާޅުވީ ޑިމޮކްރަސީ އަނބުރާ ގެނައުމުގެ ނަމުގައި ޑިމޮކްރަސީ އާއި ހިލާފަށް އަބަދުވެސް ކަންކަން ކުރުމުގެ ނަތީޖާގެ ރަހަ މިއަދުވެސް އަޅުގަނޑުމެން ރައްޔިތުންނަށް ލިބެނީ ހިތިކޮށް ކަމަށެވެ.
"ގައުމު އައު ފެށުމަކުން ފަށާ، ރައްޔިތުން ބާރުވެރި ކުރުވުމަށް އަޅުގަނޑަށް އެހީތެރިވެދެއްވާ" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވައި އޭނާގެ ރިޔާސީ ވައުދުތައް އާންމު ކުރައްވަން ފައްޓަވާފައި އެވެ. އެގޮތުން މިހާތަނަށް ދެ ސިޔާސަތެއް ޝުޖާއު ވަނީ އިއުލާނު ކުރައްވާފައި އެވެ. އެއީ އަސާސީ މުސާރަ، އަންއެމްޕްލޯއިމެންޓް އެލަވަންސް އަދި މަސައްކަތްތެރިންނަށް ވަގުތީ/އެމަޖެންސީ ހިޔާވަހިކަމުގެ ސިޔާސަތާއި ގާނުނު އާސާސީން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަން އިއާދަކޮށްދީ، އަދުލުވެރިކަން ގާއިމުކޮށްދިނުމުގެ ސިޔާސަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް