ދ. އަތޮޅުގައި ހިންގާ ވޮއްމުލި ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވި ކަމުގެ ރިޕޯޓު ކޮށްފައިވަނީ ހެނދުނު 9:06 ހާއިރު ކަމަށެވެ. އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ 11:00 ހާއިރު އެވެ.
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމް އެ ރިސޯޓަށް ދިއުމުގެ ކުރިން ވޮއްމުލީގެ ފަޔާ ޓީމުން ވަނީ އަލިފާން ނިއްވުމަށް މަސައްކަތް ކޮށްފައި އެވެ. އަލިފާން ކޮންޓްރޯލް ކޮށްފައިވަނީ އެމްއެންޑިއެފް ފަޔާ ޓީމުން ގޮސް ދެބައި މީހުން ގުޅިގެން ކުރި މަސައްކަތުންނެވެ.
މި ހަދިސާގައި އަލިފާން ރޯވެފައި ވަނީ އެ ރިސޯޓުގެ ޕްރައިވެޓް ވޯޓާ ސްޕާ އޭރިއާގައި ހުރި ހިދުމަތްދޭ ކޮޓަރިއެއްގައި އެވެ. އަލިފާން ރޯވުމުގެ ސަބަބުން އެ ކޮޓަރިއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި އެވެ.
ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
އެމްއެންޑީއެފުން ބުނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުން ދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް