ދެ މީހުންނާއި އެކު ދަތުރު ކުރި ލޯންޗެއް އަޑިއަށް ގޮސްފި

ހއ. އަތޮޅުގައި ހިންގާ މަނަފަރު ރިސޯޓުން ފުރައިގެން ދިއްދޫއަށް ދަތުރު ކުރި ލޯންޗެއް އަޑިއަށް ގޮސްފި އެވެ. މި ހާދިސާ ހިނިގައިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ ހެނދުނު 7:45 ހާއިރު އެވެ. ފު...

30 Jun 2018 | 06:13

ހއ. އަތޮޅުގައި ހިންގާ މަނަފަރު ރިސޯޓުން ފުރައިގެން ދިއްދޫއަށް ދަތުރު ކުރި ލޯންޗެއް އަޑިއަށް ގޮސްފި އެވެ.

މި ހާދިސާ ހިނިގައިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ ހެނދުނު 7:45 ހާއިރު އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ އަތޮޅުގައި މަސައްކަތް ކުރާ ފުލުހުން ލޯންޗު އަޑިއަށް ދިޔަ ސަރަހައްދަށް ދިޔަ އިރު ލޯންޗު އެއްކޮށް އަޑިއަށް ގޮސްފައިވާ ކަމަށެވެ.

ލޯންޗު އަޑިއަށް ދިޔަ އިރު އޭގައި ދެ މީހުން ތިބި ކަމަށް ފުލުހުން ބުނެ އެވެ. އެ ދެމީހުން މިހާރު ވަނީ ކަނޑުމަތިން ސަލާމަތް ކޮށްގެން ދިއްދޫއަށް ގެންގޮސްފައި އެވެ.

ފުލުހުން ބުނީ އެ ލޯންޗު އަޑިއަށް ދިޔައީ ދިއްދޫއިން ބަޔަކު ގެންގޮސް މަނަފަރަށް ބާލާފައި އެނބުރި ދިއްދޫއަށް ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ.

މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް