ބޮލީވުޑް އަދި ހޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ ލޯބިވެރިޔާ ކަމަށް ވާހަކަދެކެވޭ މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިއާ އަދި އެކްޓަރު ނިކް ޖޯނަސް މިދިޔަ ހަފްތާގައި ވަނީ އިންޑިއާގެ ރިސޯޓު ސިޓީއެއް ކަމަށްވާ ގޯއާގައި ޗުއްޓީ ހޭދަ ކޮށްފައި އެވެ.
އެ ދަތުރުގެ ބައިވެރިންގެ ތެރޭގައި ބަތަލާ ޕަރްނީތާ ޗޯޕްރާ އާއި ޕްރިޔަންކާގެ ބޭބެ ސިދާތް ޗޯޕްރާވެސް ހިމެނެ އެވެ. ދަތުރު ނިންމާލުމަށް ފަހު ޕަރްނީތާ ވަނީ ޕްރިޔަންކާ އަދި ނިކްއަށް ވުރެ އެއް ދުވަސް ކުރިން އެންބުރި މުމްބާއީއަށް ގޮސްފައި އެވެ.
އޭނާ މުމްބާއީއަށް އެނބުރި ދިޔަކަށް އެނގުމުން ބޮލީވުޑްގެ ބަތަލް އަރްޖުން ކަޕޫރު ވަނީ ދަތުރު ކިހިނެތްތޯ އާއި ކިހާވަރެއް ހަރަދުވިތޯ ސޯޝަލް މީޑިއާގައި ސުވާލުކޮށްފައި އެވެ. މި ސުވާލުގެ ޖަވާބުގައި ޕަރްނީތާ ބުނެފައިވަނީ ގާތްގަނޑަކަށް ފަސް ކްރޯޑު ރުޕީސް އެ ދަތުރަށް ހަރަދުވާނެ ކަމަށެވެ. އެކަމަކު އޭނާ އެއްވެސް ހަރަދެއް ނުކުރާ ކަމަށާއި އެއީ އޭނާއަށް ހިލޭ ލިބުނު ދަތުރެއް ކަމަށް ބުނެފައިވެ އެވެ.
މިއީ ޕަރްނީތާ މަޖަލަށް ބުނި އެއްޗެއް ކަމެއް ނޭނގެ އެވެ. އެކަމަކު ބޮލީވުޑް އަދި ހޮލީވުޑް ތަރިން ޗުއްޓީ ހޭދަ ކުރުމަށް ފަސް ކްރޯޑް ރުޕީސް އަކީ މާބޮޑު އެއްޗެއް ނޫނެނެވެ.
ޕްރިންކާ އާއި ނިކްގެ ގުޅުން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
އެކަމަކު އެމީހުންގެ ގުޅުމަކީ އާދައިގެ ރަހުމަތްތެރިންގެ އޮންނަ ފަދަ ގުޅުމެއް ނޫންކަން އެނގުނީ ނިކްގެ ދެބެންގެ ދެ ދަރި މީހެއް ކަމަށްވާ ރޭޗަލް ޓަމްބްރޫލީގެ ކައިވެންޏަށް ޕްރިޔަންކާ ގޮވައިގެން ދިޔުމުންނެވެ. މިމަހު ކުރީކޮޅު އޮތް އެ ހަފްލާގައި ނިކް ވަނީ އެއްބަނޑު އެއްބަފާ ބައެއް މީހުންނަށާއި އާއިލާ ބައެއް މީހުންނަށް ޕްރިޔަންކާ ތައާރަފުކޮށްދީފަ އެވެ. އަދި މިހާރު އިންޑިއާއަށް ކުރަމުންދާ ދަތުރުގައި ޕްރިޔަންކާ ވަނީ މަންމައަށް ނިކް ތައާރަފު ކޮށްދީފަ އެވެ.
އުމުރުން 35 އަހަރުގެ ޕްރިޔަންކާ އާއި 25 އަހަރުގެ ނިކް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނެ އަޑު ފެތުރެން ފެށީ މިދިޔަ މެއި މަހުން ފެށިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް