އިދިކޮޅުން ގުޅިގެން ކެންޑިޑޭޓަކާއި ރަނިން މޭޓެއް ނެރެން އެއްބަސްވެއްޖެ

އިދިކޮޅު ކޯލިޝަނުން ގުޅިގެން ކެންޑިޑޭޓަކާއި ރަނިން މޭޓެއް ނެރުމަށް އެމްޑީޕީ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން އެއްބަސްވެއްޖެ އެވެ. އިދިކޮޅު ކޯލިޝަނުން...

29 Jun 2018 | 19:23

އިދިކޮޅު ކޯލިޝަނުން ގުޅިގެން ކެންޑިޑޭޓަކާއި ރަނިން މޭޓެއް ނެރުމަށް އެމްޑީޕީ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން އެއްބަސްވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން މިގޮތަށް އެއްބަސްވީ މިރޭ ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ. މި ބައްދަލުވުމުގައި ނިންމާފައިވަނީ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީން ކަނޑައަޅާ ބޭފުޅަކު ނެރުމަށާއި ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓިން ކަނޑައަޅާ ބޭފުޅަކު ނެރުމަށެވެ.

ގުޅިފައިވާ ޕާޓީތަކުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މިގޮތަށް ނިންމީ ދައުލަތް ހިންގުމުގެ ނިޒާމު ފުނޑުފުނޑުކޮށް، ގާނޫނުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ، ރައްޔިތުންނަށް އަނިޔާވެރިވަމުންދާތީ އެކަމަށް ނިމުމެއް ގެނައުމުގެ ގޮތުން ކަމަށެވެ. އަދި ރާއްޖެއަށް ތައާރަފު ކުރި ޑިމޮކްރަސީ ވެއްޔާއި މޮޑެލައި، އިންސާނީ ހައްގާއި ކަރާމާތް ނިގުޅައިގެންފައިވާތީ މި އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުމަށް ކަމަށެވެ.

އެކަމަކު ކެންޑިޑޭޓާއި ރަނިން މޭޓަކީ ކޮން ބޭފުޅުންނެތް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

އެކަމަކު އެމްޑިޕީގެ ރިޔާސީ ޓިކެޓު ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލެއްވުމުން އެޕާޓީގެ ޓިކެޓު ދޭން ނިންމާފައިވަނީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ކަމަށް ދަނީ ވާހަކަ ދެކެވެމުންނެވެ. އަދި އެކަން މާދަމާ އއ. އުކުޅަހުގައި ފަށާ އެމްޑިޕީގެ ކޮންގްރެސްގައި އިއުލާނު ކުރާނެ ކަމަށް ވެ އެވެ. ޖޭޕީން ރަނިން މޭޓަކަށް ނެރެނީ ކޮން ބޭފުޅެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް