އިންޑިއާގެ މިނިސްޓަރަކު ސްކޫލެއްގެ ފާރަށް ކުޑަކަމު ދިޔަ މައްސަލަ ހޫނުވެއްޖެ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އެއް އަމާޒަކީ އަދި ވައުދަކީ އިންޑިއާއަކީ ސާފުތާހިރު ތަނެއްކަމުގައި ހެދުން ކަމުގައިވާއިރު އެގައުމުގެ ދަނޑުވެރިކަމާއި ބެހޭ މިނިސްޓަރު ސްކޫލެއްގެ ފާރަށް ކުޑަކަމު ...

30 Jun 2017 | 09:49

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އެއް އަމާޒަކީ އަދި ވައުދަކީ އިންޑިއާއަކީ ސާފުތާހިރު ތަނެއްކަމުގައި ހެދުން ކަމުގައިވާއިރު އެގައުމުގެ ދަނޑުވެރިކަމާއި ބެހޭ މިނިސްޓަރު ސްކޫލެއްގެ ފާރަށް ކުޑަކަމު ދިޔަ މައްސަލަ ހޫނުވެއްޖެ އެވެ.

ދަނޑުވެރިކަމާބެހޭ ވަޒީރު ރާދާ މޯހަން ސިންގު އާއްމު ތާކަށް ކުޑަކަމުދަނިކޮށް ނަފާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ފޮޓޯއިން ފެންނަނީ މިނިސްޓަރު ކޮޅަށް ހުންނަވައިގެން ސްކޫލެއްގެ ފާރަށް ކުޑަކަމުދާ މަންޒަރެވެ.

މި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ގިނަ ބައެއްގެ ޝަކުވާއަކަށް ވެފައިވަނީ މޯދީވެ އެއް ވައުދު ކަމުގައިވާ "ކްލީ އިންޑިއާ" ވައުދު ފުއްދުމުގައި މޯދީ ބުރަކޮށް އުޅުއްވާއިރު މިނިސްޓަރަކު މިފަދަ އަމަލެއް ކުރެއްވުމުންނެވެ. އެ މިނިސްޓަރަށް ގިނަބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް