ވ ކެޔޮދޫ އިން ފިސްތޯލައެއް ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފިސްތޯލައެއް ކަމުގައި ތުހުމަތު ކުރެވޭ އެއްޗެއް ވ ކެޔޮދޫ ގޮނޑުދޮށުން ފެނިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ. އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ފުލުހުން ދަނީ ބަލަމުން ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އެކަން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހެނދުނު 11:30 ހާއިރު ކަމަށެވެ.
އެ ރަށު ކައުންސިލް ރައީސް އަހުމަދު ޔޫސުފް ވިދާޅުވީ އެ ފިސްތޯލަ ފެނިފައިވަނީ އަތިރި މަތީގައި ކުޅެން އުޅުނު ކުދިން ތަކަކަށް ކަމަށާއި އެ ފިސްތޯލަ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
"އަތިރި މަތީގައި ކުޅެން އުޅުނު ހަތަރު ކުއްޖަކަށް ފެނުނީ، ގާތްގަނޑަކަށް ނުވަ އަހަރުގެ ކުދިން އެއީ، އެ ފިސްތޯލަ އޮތީ ހުދުކުލައިގެ ވޫލް ކޮތަޅެއްގެ ތެރޭގައި ގޮނޑުދޮށުގައި" ކައުންސިލް ރައީސް ވިދާޅުވި އެވެ.
ތަފްސީލް އަންނަނީ ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް