އަހަރެން ހުސްހަށިބައިކޮށް މި ހުންނަނީ އަޖޭއާއި ހެދި: ތާބޫ

ޒަމާންތަކަކަށްފަހު ތާބޫގެ އައު ފިލްމެއް ނެރެން މިވަނީ ތައްޔާރުވެފަ އެވެ. ރޯހިތު ޝެޓީގެ "ގޯލްމާލް އަގެއިން" ގައި ތާބޫ އަދި އަޖޭ ދޭވްގަން ފެނިގެންދާއިރު މި ދެތަރިން އެކުގައި ފެނިގެން މިދަނީ އަހަރުތަކަކަ...

30 Jun 2017 | 04:51

ޒަމާންތަކަކަށްފަހު ތާބޫގެ އައު ފިލްމެއް ނެރެން މިވަނީ ތައްޔާރުވެފަ އެވެ. ރޯހިތު ޝެޓީގެ "ގޯލްމާލް އަގެއިން" ގައި ތާބޫ އަދި އަޖޭ ދޭވްގަން ފެނިގެންދާއިރު މި ދެތަރިން އެކުގައި ފެނިގެން މިދަނީ އަހަރުތަކަކަށް ފަހުގަ އެވެ.

މި ފިލްމާއި ބެހޭގޮތުން ކުރިއަށްގެންދިޔަ އިންޓަވިއުއެއްގައި ތާބޫ މިވަނީ އަޖޭ ދޭވްގަންގެ ބޮލުގައި މަޖާ ތުހުމަތެއް އަޅުވައިފަ އެވެ.

މުމްބައި މިރާރ އަށް ދީފައިވާ އިންޓަވިއުއެއްގައި ތާބޫ ބުނެފައިވަނީ އޭނާ ހުސްހަށިބައިކޮށް ހުންނަނީ އަޖޭއާއި ހެދި ކަމަށެވެ.

"އަހަރެން އަޖޭ އާއި ގާތް ގުޅުމެއް އޮންނަތާ 25 އަހަރު ވެއްޖެ، އަޖޭ ކުރީއްސުރެވެސް އަހަންނާ ދިމާކޮށް ހަދާނެ، އަދި އެހެން ފިރިހެން ކުދިން ވާހަކަ ދައްކަންޏާ އެކަމާ ރުޅި އައިސްގެންވެސް އުޅޭނެ" އިންޓަވިއުގައި ތާބޫ ބުނެފައި ވެ އެވެ.

ތާބޫ ބުނެފައިވަނީ އެކުގައި މަސައްކަތް ކޮށްލަން އެންމެ ފަސޭހައީ އަޖޭ ކަމަށާއި އަޖޭ އަކީ އިތުބާރު ކުރެވޭ އަދި ވަރަށް ހާއްސަ ގުޅުމެއް އޮންނަ ފަރާތެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް