ސަލްޓަން ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވަޅުލާފައި ހުރި ދުވަސްވީ ފައިސާ ފޮތިތަކެއް ފެނިއްޖެ އެވެ.
މި ފައިސާ ފޮތިތައް ފެނިފައިވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެތަން ކޮންނަމުން ދަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފައިސާ ފޮތިތައް ފެނިފައިވަނީ ރޯދަ މަހުގެ ފަހު ހަފްތާގައި އެވެ.
އެ ފައިސާ ފޮތިތައް މިހާރު ވަނީ ހެރިޓޭޖް ޑީޕާޓްމަންޓާއި ހަވާލުކޮށްފައި އެވެ.
އެ ޑިޕާޓްމެންޓުގެ މީޑިއާ އޮފިސަރު ހަސަން މުހައްމަދު ވިދާޅުވީ އެ ފައިސާ ފޮތިތަކަކީ އީސްޓް އިންޑިއާ ކޮމްޕެނީ އަށް ނިސްބަތްވާ ފައިސާފޮތިތަކެއް ކަމަށެވެ. ހަސަން ވިދާޅުވީ އެ ފައިސާ ފޮތިތަކަކީ 1835 ވަނަ އަހަރު ބޭނުންކުރަން ފެށި ފައިސާ ފޮތިތަކެއް ކަމަށެވެ.
އެ ފައިސާ ފޮތިތައް މިހާރު ދިރާސާކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ދިރާސާއަށް ފަހު އެ އެއްޗެހި މިއުޒިއަމްގައި ދައްކަން ބަހައްޓަނީ ތޯ ނުވަތަ އެ ޑިޕާޓްމަންޓުގައި ބަހައްޓާނީތޯ ނިންމާނެ ކަމަށެވެ. ހަސަން ވިދާޅުވީ އެ ތަނުން ވަރަށް ގިނަ އަދަދަކަށް ފައިސާ ފޮތި ފެނިފައިވާ ކަމަށެވެ.
ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް