ހ. ޖަވަފާ ގޭ އުނދުން މަތީގައި ކައްކަން އުދާފަ ހުރި ތެއްޔެގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ކޮށްފައިވަނީ ރޭ ދަންވަރު 12:30 ހާއިރު އެވެ. އެމްއެންޑީއެފްއިން ބުނީ ހާދިސާ ހިނގި ގެއަށް ފަޔާ އެންޑް ރެސްކިއުގެ ޓީމުން ދިޔަ އިރު އެ ގޭ މީހުން އަމިއްލައަށް ވަނީ އަލިފާން ގަނޑު ނިއްވާލާފައި ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އަދި އެގެއަށްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
މިދިޔަ ހަފްތާގައި މާލޭގައި ބިދޭސީންތަކެއް ދިރިއުޅުނު ގެއެއްގައި ވަނީ ގޭސްފުޅިއަކުން ގޭސް ލީކުވެގެން އަލިފާން ރޯވެ އެގޭގެ ބޮޑުބައި އަނދާ ފައި އެވެ. މިހާދިސާގައި ގެއަށް ބޮޑެތި ގެއްލުންތަކެއް ވީނަމަވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
އެވަގުތު ކައްކަން ހުރި ބިދޭސީ މީހާ ވަނީ އެގޭގައި ނިދާފައި ތިބި އެމީހުންނަށް ގޮވާ ގެއިން ނިކުތުމަށް އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް