ޕްރޮޑިއުސް ކުރަން ރަންބީރު އެހާ މޮޅެއް ނުވާނެ: ކެޓްރީނާ

ފިލްމް ޕްރޮޑިއުސް ކުރަން ރަންބީރު އެހާ މޮޅު ނުވާނެ ކަމަށް ކެޓްރީނާ ކެއިފް ބުނެފި އެވެ. ކެޓްރީނާ ކެއިފް މިހެން ބުނެފައިވަނީ މީޑިއާގައި ރަންބީރު ބުނި ބަހަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. މީޑިއާގައި ރަން...

29 Jun 2017 | 23:32

ފިލްމް ޕްރޮޑިއުސް ކުރަން ރަންބީރު އެހާ މޮޅު ނުވާނެ ކަމަށް ކެޓްރީނާ ކެއިފް ބުނެފި އެވެ.

ކެޓްރީނާ ކެއިފް މިހެން ބުނެފައިވަނީ މީޑިއާގައި ރަންބީރު ބުނި ބަހަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. މީޑިއާގައި ރަންބީރު ބުނެފައިވަނީ ކައިރި މުސްތަގްބަލެއްގައި އިތުރު ފިލްމެއް ޕްރޮޑިއުސް ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. ޕްރޮޑިއުސް ކުރަން ކެޓްރީނާ މާ މޮޅުވާނެ ކަމަށްވެސް ރަންބީރު ބުނެފައި ވެ އެވެ. ރަންބީރުގެ އެންމެ ފަހުގެ ފިލްމު ޖައްގާ ޖާސޫސްގެ ޕްރޮޑިއުސަރަކީ އޭނާ އެވެ.

ރަންބީރުގެ އެ ބަހުގެ ރައްދުގައި މީޑިއާގައި ކެޓްރީނާ ބުނެފައިވަނީ ޕްރޮޑިއުސް ކުރަން ރަންބީރު އެހާ މޮޅު ނުވާނެ ކަމަށާއި އެހެނަސް ރަންބީރަކީ އޭނާގެ ބެސްޓް ފްރެންޑް ކަމަށެވެ.

މި ދެ ތަރިންނަކީ ލޯބީގެ ވަރުގަދަ ފަލްސަފާއެއް އޮންނަ ދެ ތަރިންނެވެ. ލޯބީގެ ގޮތުން ގުޅިގެން ގިނަ ދުވަސް ވަންދެން އުޅުމަށްފަހު މިހާރު ވަކި ވެފައިވާއިރު ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރުގެ ނުގަބޫލުގައި ރަންބީރު ކެޓްރީނާއާއެކު ވަކީން ދިރިއުޅެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް