އިންޑިއާގައި ގެރި ޓެރަރިޒަމް: ހަތަރު އަހަރުގެ ތެރޭގައި 23 މުސްލިމުން މަރައިފި

ގެރިއާއި ގުޅުވައިގެން އިންޑިއާގައި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 23 މުސްލިމަކު މަރާފައިވާކަމުގައި މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އިންޑިއާގައި މި މައްސަލައަކީ ބޮޑު މައްސަލައަކަށްވެފައިވާއިރު މި ފަހަކ...

29 Jun 2017 | 23:19

ގެރިއާއި ގުޅުވައިގެން އިންޑިއާގައި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 23 މުސްލިމަކު މަރާފައިވާކަމުގައި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އިންޑިއާގައި މި މައްސަލައަކީ ބޮޑު މައްސަލައަކަށްވެފައިވާއިރު މި ފަހަކަށް އައިސް މި މައްސަލަ ވަނީ ވަރަށް ވަރުގަދަ ބަހުސަކަށް ވެފަ އެވެ. އިންޑިއާ ސަރުކާރުން ވަނީ ގާނޫނަކުން ގެރި ހިމާޔަތް ކޮށްފަ އެވެ. ހުރުމަތްތެރިވެގެންވާ އެއްޗެއް ކަމުގައި ބުނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ގެރިއާއި ގުޅުވައިގެން މުސްލިމުންނަށް ހަމަލާދިންކަމުގެ 32 މައްސަލައެއް މީޑިއާއާއި ހަމައަށް ތިލަވެފައި ވެ އެވެ. އޭގެ ތެރެއިން 23 މައްސަލައަކީ މީހުން މެރުމުގެ މައްސަލަ އެވެ މީހުން މަރަނީ ގްރޫޕް ހަދައިގެންނެވެ.

މި މައްސަލަ އިންޑިއާގައި ހޫނުވެފައިވާއިރު މި މައްސަލައާއި ދެކޮޅަށް ވަކާލާތު ކުރާ މީހުން ބުނާގޮތުގައި އިންޑިއާގައި ވަނީ ގެރި ޓެރަރިޒަމެއް ފެށިފަ އެވެ. އަދި މިކަން ފެށިފައިމިވަނީ މޯދީ ވެރިކަމަށް އައި ހިސާބުން ކަމުގައި އެ ފަރާތްތަކުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް