ބާއްޖަވެރި ދަތުރަކަށް އެދި ޗައިނާ އަންހެނަކު އޭނާ ދަތުރުކުރާން އޮތް ފްލައިޓްގެ ބުރަފައްޗަށް ވަކިލާރި އުކައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުގަ އެވެ. މިކަން ކޮށްފައިވަނީ އުމުރުން 80 އަހަރުގެ ޗައިނާ އަންހެނެކެވެ. އޭނާ ވަކިލާރި އުކާފައިވަނީ ޗައިނާގެ ސަދަން އެއާލައިންސްގެ ފްލައިޓް ސީޒެޑް 380، ފްލައިޓްގެ ބުރަފަތި ތެރެއަށެވެ. އެ ފްލައިޓް އެދުވަހު ދަތުރުކުރަން ހަމަޖެހިފައިއޮތީ 150 ޕަސިންޖަރުންނާއި އެކުގަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ އަންހެންމީހާ ފްލައިޓްގެ ބުރަފަތި ތެރެއަށް ވަކިލާރި އުކިކަން އެނގުނީ އެހެންމީހަކަށް އެ މަންޒަރު ފެނި އެކަން ރިޕޯޓް ކުރުމުންނެވެ. މިކަމާއި ގުޅިގެން އެ ފްލައިޓް ހަ ގަޑިއިރަށް ޑިލޭ ވި އެވެ. މި މައްސަލައިގާ އެ އަންހެންމީހާ ބުނެފައިވަނީ އޭނާ އެކަން ކުރީ ބާއްޖަވެރި ދަތުރަކަށް އެދި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް