ބަރުދަނުގައި 14 ރާތާ (6.53 ކިލޯ) ހުރި ކުއްޖަކު އެމެރިކާގެ ދެކުނު ކެރޮލައިނާގައި އުފަން ވެއްޖެ އެވެ.
އެމެރިކާގެ ޑަބްލިއުއެލްޓީއެކްސް ޓީވީން ރިޕޯޓް ކޮށްފައިވާގޮތުގައި މި ކުއްޖާ ނަގާފައިވަނީ ސިޒޭރިއަން ހަދައިގެންނެވެ. ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި ނަމަވެސް ކުއްޖާ ލައްވަން ގެނެސްފައިވާ ހެދުންކޮޅުތައް ކުދި ކަމުން އަލުން ތަކެތި ގަތުމަށް ހޮސްޕިޓަލުން އެ އާއިލާއަށް އަންގާފައިވާކަމުގައި ހޮސްޕިޓަލާއި ހަވާލާދީ އެ ޓީވީން ބުނެފައި ވެ އެވެ.
އާއްމުގޮތެއްގައި ވިހާއިރު ކުދިންގެ ބަރުދަން ހުންނަނީ ހަ ރާތަލާއި ނުވަ ރާތަލާއި ދެމެދުގައި ކަމުގައި ކަމާބެހޭ ޑޮކްޓަރުން ބުނެ އެވެ. އެއީ 2.7 ކިލޯ އާއި 4.1 ކިލޯ އާއި ދެމެދުގެ ބަރުދަނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް