ލުބުނާނުގައި ބުރުގާ އަޅައިގެން މޫދަށް ދިއުން މަނާ !

ބުރުގާ އަޅައިގެން މޫދަށް ދިއުން ލުބުނާނުގައި މަނާކޮށްފައިވާކަމުގެ ވާހަކަތަކެއް ދެކެވެން ފަށައިފި އެވެ. ނަމަވެސް ރަސްމީ ސިފައެއްގައި ސަރުކާރުން މިކަމާއިމެދު އެއްޗެއް ބުނެފައެއް ނުވެ އެވެ. މި ވާހަކަތައް...

29 Jun 2017 | 22:34

ބުރުގާ އަޅައިގެން މޫދަށް ދިއުން ލުބުނާނުގައި މަނާކޮށްފައިވާކަމުގެ ވާހަކަތަކެއް ދެކެވެން ފަށައިފި އެވެ. ނަމަވެސް ރަސްމީ ސިފައެއްގައި ސަރުކާރުން މިކަމާއިމެދު އެއްޗެއް ބުނެފައެއް ނުވެ އެވެ.

މި ވާހަކަތައް ދެކެވެން ފަށާފައިވަނީ މީގެ ދެ ދުވަސް ކުރިން ލުބުނާނުގެ އަންހެނަކު އޭނާގެ އާއިލާއާއެކު މޫދަށް ދަނިކޮށް ސެކިއުރިޓީއަކު އޭނާ ހުއްޓުވައި ބުރުގާއާއެކު މޫދަށް ނުދެވޭނެކަން އެންގުމުންނެވެ.

ނޫރު އަލް ޒާއިމް އޭނާއަށް ދިމާވިގޮތް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ބުނެފައިވަނީ ދެ ދަރިންނާއި ފިރިމީހާއާއެކު މޫދަށް ދާން އުޅެނިކޮށް ސެކިއުރިޓީއަކު އޭނާގެ ފިރިމީހާއަށް ގޮވާ، ގެންގޮސް، ބުރުގާ އަޅަގައިގެން މޫދަށް އެރުމަކީ މަނާކަމެއް ކަމުގައި އަންގާފައިވާކަމަށެވެ. އަދި މޫދަށް އެރޭނަމަ އެކަމަށް އެކަށޭނެ ހެދުމެއް އެޅުމަށް އެންގި ކަމަށްވެސް އެ އަންހެން މީހާ ބުނެފައި ވެ އެވެ.

ބުރުގާ އަޅައިގެން މޫދަށް ދިއުން ލުބުނާނުން ރަސްމީ ސިފައެއްގައި މަނާކުރި ނަމަ ލުބުނާނު ވެގެންދާނީ އެކަން މަނާކުރި އަރަބި ފުރަތަމަ ގައުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް