އައިއެސްގެ ޚިލާފަތު ނިމުމަކަށް ގެނެވިފައިވާކަމުގައި އިރާޤުން ބުނެފި

އައިއެސް ޖަމާއަތުން އިއުލާނުކޮށްފައިވާ ޚިލާފަތު ނިމުމަކަށް ގެނެވިފައިވާކަމުގައި އިރާޤުން ބުނެފި އެވެ. އިރާޤުގެ ބޮޑުވަޒީރު ހައިދަރު އަލް އާބާދީ މިހެން ވިދާޅުވެފައިވަނީ މޯސުލްގެ އަލް ނޫރީ މިސްކިތުން އައ...

29 Jun 2017 | 22:24

އައިއެސް ޖަމާއަތުން އިއުލާނުކޮށްފައިވާ ޚިލާފަތު ނިމުމަކަށް ގެނެވިފައިވާކަމުގައި އިރާޤުން ބުނެފި އެވެ.

އިރާޤުގެ ބޮޑުވަޒީރު ހައިދަރު އަލް އާބާދީ މިހެން ވިދާޅުވެފައިވަނީ މޯސުލްގެ އަލް ނޫރީ މިސްކިތުން އައިއެސް ފައްސާލައި އެ މިސްކިތުގެ ފުރިހަމަ ކޮންޓްރޯލް އިރާޤު ސިފައިންނަށް ލިބުމުން އެކަމާއި ގުޅިގެން ކޮށްފައިވާ ޓްވީޓެއްގަ އެވެ.

އަލް ނޫރީ މިސްކިތުގެ ކޮންޓްރޯލް އިރާޤަށް އަނބުރާ ހޯދިފައި މިވަނީ އައިއެސްގެ ކޮންޓްރޯލްގެ ދަށަށް އެ މިސްކިތް ދިޔަތާ އަށް މަސް ފަހުންނެވެ. 850 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި މިސްކިތުގެ ކޮންޓްރޯލް އަތުލެވުމުން އެކަމަކީ އިރާޤު ސިފައިންނަށް ލިބުނު ނަސްރެއް ކަމުގައި އިރާޤުން އަންނަނީ ސިފަ ކުރަމުންނެވެ.

ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އައިއެސް ޖަމާއަތް ބަލި ކުރެވިއްޖެ ކަމަށާއި މިހާރު ކުރިއަށްދަނީ އައިއެސް ޖަމާއަތް އެކުގައި ސާފުކޮށްލުމުގެ މަސައްކަތް ކަމުގައި އިރާޤުން އަންނަނީ ބުނަމުންނެވެ. އިރާޤާއި ސީރިޔާ އަދި މެދުއިރުމަތީގެ ޤައުމުތަކުން އައިއެސް ޖަމާއަތް ނައްތާލުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ މޭސްތިރިއަކީ އެމެރިކާ އެވެ. އެމެރިކާއިން ވަނީ އައިއެއް ނައްތާލުމަށް ގުޅިފައިވާ ޤައުމުތަކުގެ އިއްތިހާދެއް އެކުލަވާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް