އިޒްރޭލާއި ސީރިޔާއާއި ދެމެދު ހަމަލާތަކެއް

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލާއި ސީރިޔާއާއި ދެމެދު ދެ ހަމަލާއެއް ހިނގާފައިވާކަން އިޒްރޭލާއި ސީރިޔާއިންވެސް ބައިނަލްއަގްވާމީ މީޑިއާއަށް ކަށަވަރު ކޮށްދީފި އެވެ. އިޒްރޭލުން ހާމަކޮށްފައިވާގޮތުގަ...

29 Jun 2017 | 22:07

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލާއި ސީރިޔާއާއި ދެމެދު ދެ ހަމަލާއެއް ހިނގާފައިވާކަން އިޒްރޭލާއި ސީރިޔާއިންވެސް ބައިނަލްއަގްވާމީ މީޑިއާއަށް ކަށަވަރު ކޮށްދީފި އެވެ.

އިޒްރޭލުން ހާމަކޮށްފައިވާގޮތުގައި ސީރިޔާގެ ސަރުކާރަށް ވާގިވެރިވާ ހަނގުރާމަވެރީންގެ ބާރުގެ ދަށުގައި އޮންނަ ޤުނޭތުރާއަށް އިޒްރޭލުން ދެ ހަމަލާއެއް ދީފައިވަނީ ސީރިޔާއިން އިޒްރޭލަށް ހަމަލާ ދިނުމުން އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.

"މޯޓަރު ބަޑީގެ ހަމަލާތަކެއް ޤުނޭތުރާއަށް ދީފައިވާނީ ސީރިޔާއިން އިޒްރޭލަށް ހަމަލާ ދިނުމުން އެކަމުގެ ރައްދުގައި" އިޒްރޭލު އަސްކަރިއްޔާގެ ޓްވިޓާ އެކައުންޓްގައި ބުނެފައި ވެ އެވެ.

މީގެން އެއްވެސް ހަމަލާއެއްގައި މީހަކަށް އަނިޔާއެއް ވެފައިވާކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް