ގަލްފްގެ ޑިމާންޑްތަކުގައި އެއްވެސް އަސާސެއް ނެތް، އާނބަސް ބުނެވޭކަށް ނެތް: ޤަތަރު

ސައުދީ އަރަބިއްޔާ، މިސްރު، ބަހްރޭނު އަދި އެކުވެރި އަރަބި އިމާރާތް ހިމެނޭގޮތަށް ގަލްފްގެ ގައުމުތަކުން ކޮށްފައިވާ ޑިމާންޑްތަކަކީ އެކަމުގައި އެއްވެސް އޮއްޓަރެއް އެކުލެވިގެންވާ ޑިމާންޑްތަކެއް ނޫން ކަމަށާއ...

29 Jun 2017 | 21:48

ސައުދީ އަރަބިއްޔާ، މިސްރު، ބަހްރޭނު އަދި އެކުވެރި އަރަބި އިމާރާތް ހިމެނޭގޮތަށް ގަލްފްގެ ގައުމުތަކުން ކޮށްފައިވާ ޑިމާންޑްތަކަކީ އެކަމުގައި އެއްވެސް އޮއްޓަރެއް އެކުލެވިގެންވާ ޑިމާންޑްތަކެއް ނޫން ކަމަށާއި އެހެން ކަމުން އެ ޑީމާންޑްތަކަށް އާނބަސް ބުނެވެން ނެތް ކަމުގައި ޤަތަރުން ބުނެފި އެވެ.

ޤަތަރުން މިހެން ބުނެފައިވަނީ ޖުލައި މަހުގެ ދޭއްގެ ކުރިން ފުރިހަމަ ކުރުމަށް ގަލްފް ޤައުމުތަކުން ކުރިމަތި ކުރުވާފައިވާ 13 ޑިމާންޑާއި ބެހޭގޮތުން ޤަތަރުގެ ޚާރިޖީ ވަޒީރު ދެއްވާފައިވާ ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ޤަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުލްރަހަމާން އަލް ތާނީ ވިދާޅުވެފައިވަނީ އެ ޑިމާންޑްތަކަކީ އޭގައި އެއްވެސް އަސްލެއް އެކުލެވިގެން ނުވާ ޑިމާންޑްތަކެއް ކަމަށެވެ.

"އައިއެސް ޖަމާއަތާއި އަލްޤައިދާ ޖަމާއަތާއި ލުބުނާނުގެ ޝިއަޢީންގެ ހަނގުރާމަވެރީންނާއި ހިޒްބުﷲ އާއި ޤަތަރާއި އެއްވެސް ގުޅުމެއް ނެތް، އަދި ނުވެސް އޮންނާނެ" ޤަތަރުގެ ހާރިޖީ ވަޒީރުގެ ބަޔާނުގައި ވެ އެވެ.

ޤަތަރުގެ ޚާރިޖީ ވަޒީރުގެ ބަޔާނުގައި ވިދާޅުވެފައިވަނީ ނުކުރާ ކަންތައްތަކެއް ހުއްޓުމަށް ޑިމާންޑް ކުރި ނަމަވެސް އެކަންކަމަކީ ކުރާ ކަންކަންކަމުގައި ނުވާނެ ކަމަށާއި އެހެންކަމުން އެ ޑިމާންޑްތަކަކީ އޭގައި އެއްވެސް އަސްލެއް ނެތް ޑިމާންޑްތަކެއް ކަމުގައި ޤަތަރުން ނިންމާފައި ވާކަމަށެވެ. އަދި ޕްރެޝަރު ކުރި ނަމަވެސް ނުކުރާ ކަމެއްގައި އަމާންދޭން ބޭނުން ނުވާކަމަށްވެސް ޤަތަރުގެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް