ވައިގެ މަގުން ގދ. ކާޑެއްދޫއަށް އެތެރެ ކުރަން އުޅުނު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މި މައްސަލައިގަ ފުލުހުން ވަނީ 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އޭނާ ހައްޔަރު ކުރީ ރޭ ދަންވަރު 12:50 ހާއިރު ކަމަށެވެ. އެމީހާ ކާދެއްދޫ މަގުން ދާން އުޅުނީ ތިނަދޫ އަށެވެ.
އެމީހާގެ ބަންދުގެ މުއްދަތު 15 ދުވަހަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އިތުރުކޮށްފައެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް