ގަވައިދާ ހިލާފުވެގެން ޖޫރިމަނާ ކުރި މީހުންގެ އަދަދު 6،000 އިން މައްޗަށް

ކޯވިޑް-19 އާއި ގުޅިގެން މާލޭ ސިޓީގައި އިއުލާނުކޮށްފައިވާ ލޮކްޑައުން ގަވައިދުތަކާއި ހަލާފު ވެގެން 6،000 އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފި އެވެ. ފުލުހުން އާންމުކުރަމުންދާ ތަފާސް ހިސާބުތައް ދައްކާ ގޮ...

30 May 2020 | 06:39

ކޯވިޑް-19 އާއި ގުޅިގެން މާލޭ ސިޓީގައި އިއުލާނުކޮށްފައިވާ ލޮކްޑައުން ގަވައިދުތަކާއި ހަލާފު ވެގެން 6،000 އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފި އެވެ.

ފުލުހުން އާންމުކުރަމުންދާ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް މާލެ، ވިލިމާލެ އަދި ހުޅުމާލެއިން ލޮކްޑައުން ގަވައިދުތަކާއި ހިލާފަށް ބޭރަށް ނުކުމެގެން 6،085 މީހަކު ޖޫރިމަނާ ކޮށްފައިވެ އެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 99 ޕަސެންޓު މީހުންނަކީ މާލެއިން ޖޫރިމަނާ ކުރި މީހުންނެވެ.

މާލެއިން 5،303 މީހަކު ޖޫރިމަނާ ކޮށްފައިވާއިރު ވިލިމާލެއިން ޖޫރިމަނާ ކޮށްފައިވަނީ 107 މީހެކެވެ. ހުޅުމާލެއިން 675 މީހަކު ޖޫރިމަނާ ކޮށްފައިވެ އެވެ.

އިއްޔެ އެކަނިވެސް މާލެއިން 137 މީހަކު ޖޫރިމަނާ ކޮށްފައިވެ އެވެ. ހުޅުމާލެއިން 18 މީހަކު ޖޫރިމަނާ ކުރި އެވެ. ވިލިމާލެއިން އިއްޔެ އެއްވެސް މީހަކު ޖޫރިމަނާކޮށްފައި ނުވާއިރު އެންމެ މަދުން ޖޫރިމަނާކޮށް ހައްޔަރު ކޮށްފައިވަނީ ވިލިމާލެއިންނެވެ.

ފުލުހުން ބުނީ ޖޫރިމަނާ ކުރާ ފައިސާ މައާފްކޮށްދިނުމަކީ ކުރަން ފެންނަ ކަމެއް ނޫންކަމަށެވެ. އެއީ ގަވައިދާ ހިލާފުވެގެން މީހުން ޖޫރިމަނާ ކޮށްފައިވާނީ އެތައް ފަހަރަކު ނަސޭހަތް ދީ އިސްލާހު ނުވެގެން ކަމަށް ވާތީ އެވެ.

ޖޫރިމަނާ ފީގެ ގޮތުގައި1،000 ރުފިޔާ ދައްކަންޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް