މި ހިނގާ 1440 ވަނަ އަހަރުގެ ހައްޖުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދާ ފަރާތްތަކަށް އެހީތެރިވާނެ އެހީތެރިން ހޯދަން އެ ކޯޕަރޭޝަނުން އިއުލާނު ކޮށްފިއެވެ.
އެގޮތުން ތިން ކައްކާއިންނާއި ތިން އިމާމުންނާއި 20 އެހީތެރިން ހޯދަން އިއުލާނުކޮށްފައިވެއެވެ. ފުރުސަތު އޮތީ ހަމަ އެކަނި ފިރިހެނުންނަށް ކަމުގައި އިއުލާނުގައިވެއެވެ.
އެ އިއުލާނުގައި ބުނެފައިވާގޮތުގައި ކައްކާއިންގެ ގޮތުގައި ދާ ފަރާތްތަކަށް މާލީ އިނާޔަތުގެ ގޮތުގައި ކޮންމެ ކައްކާއަކަށް 400 ޑޮލަރު ދެވޭނެއެވެ. އަދި އިމާމުންގެ ގޮތުގައި ދާ ކޮންމެ އިމާމަކަށް މާލީ އިނާޔަތުގެ ގޮތުގައި 200 ޑޮލަރު ދެވޭނެއެވެ. އަދި އެހީތެރިންގެ ގޮތުގައި ދާ ކޮންމެ މީހަކަށްވެސް މާލީ އިނާޔަތުގެ ގޮތުގައި 200 ޑޮލަރު ދެވޭނެ ކަމުގައިވެސް ބުނެފައިވެއެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައިވާގޮތުގައި ޢަދަދު ހިމަނާފައި އެވަނީ، ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް މިއަހަރަށް ކަނޑައަޅުއްވާ ޙައްޖު ކޯޓާ އިތުރުވެއްޖެނަމަ، އިތުރު ކޯޓާގައި މިކޯޕަރޭޝަންގެ ޙަވާލުގައި ވަޑައިގަންނަވާނެ ކަމަށް ލަފާކުރެވޭ ޙާޖީންނަށް އެހީތެރިވާނެ ފަރާތްތަކާއެކުގައެވެ.
ޙައްޖު ކޯޕަރޭޝަނަށް ލިބޭ ކޯޓާގެ އަދަދަށް ބަލައި އެހީތެރިންގެ އަދަދު އުނިއިތުރުވުން އެކަށީގެންވާކަމުގައިވެސް ބުނެފައިވެއެވެ.
[contentcards url="http://www.gazette.gov.mv/iulaan/view/104020"]
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް