އައްޑޫގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން ތިން ސަރަހައްދެއްގައި

އައްޑޫ ސިޓީގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނެ ސަރަހައްދުތަކާއި ޢީދު ނަމާދު ކުރާނެ މިސްކިތްތައް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. އެގޮތުން ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރާނީ ހިތަ...

30 May 2019 | 08:31

އައްޑޫ ސިޓީގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނެ ސަރަހައްދުތަކާއި ޢީދު ނަމާދު ކުރާނެ މިސްކިތްތައް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އެގޮތުން ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރާނީ ހިތަދޫ ސްޓޭޑިއަމްގެ ދަނޑު ސަރަހައްދުގައްޔާއި ފޭދޫ ރަށްދެބައިމަގާ ދިމާލުން ދެކުނު ފަރާތު ހިއްކި ބިމުގައްޔާއި ހުޅުމީދޫ ޕޮލިސް ސްޓޭޝަން ދަނޑުގައި ކަމަށް ބުނެފައިވެއެވެ.

ހިތަދޫގައި ޢީދު ނަމާދު ކުރާނެ މިސްކިތްތަކަކީ މަސްޖިދުއް ޝޫރާ، މަސްޖިދުލް އިކްރާމް، މަސްޖިދުއް ޒިކުރާ، ހުކުރު މިސްކިތް، އައިމަލި މިސްކިތް އަދި މަސްޖިދުއް ތަޤުވާ ކަމަށް ބުނެފައިވެއެވެ. މަރަދޫގައި ޢީދު ނަމާދު ކުރާނީ މަސްޖިދުއް ޝާފިޢީ، މަސްޖިދުލް އިޚްލާސް، މަސްޖިދުލް ޝަޢުބް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ފޭދޫގައި މަސްޖުލް ފަލާޙް ހުޅުދޫގައި މަސްޖިދުއަބްދުﷲ ބިން އިބްރާހީމް އަދި މީދޫ ހުކުރު މިސްކިތާއި މަސްޖިދު އިބްރާހިމް މަޖުނުއްދީންގެ އިތުރުން މަސްޖިދުއް ތަޛްކިރާގައި ޢީދު ނަމާދު ކުރާނެ ކަމުގައިވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް