ދ. ކުޑަހުވަދޫގައި ގާއިމްކޮށްފައި ހުންނަ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލައި އެ އޮފީހުގެ ތިޖޫރި ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މިކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 09:30 ހާއިރުގައެވެ.
ތިޖޫރި ވަގަށް ނެގި އިރު ތިޖޫރީގައި 1500 ދިވެހި ރުފިޔާ އާއި 100 އެމެރިކާ ޑޮލަރާއި 4682 ރެވެނިއު ސްޓޭމްޕްގެ އިތުރުން އަހަރީ ފ ސްޓިކާގެ 50 ސްޓިކާއާއި ހަތަރު ޗެކް އޮންނާނެ ކަމަށް މީރާއާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. އަދި އެއިން ކޮންމެ ޗެކަކީ 62393 ރުފިޔާގެ ޗެކެއް ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް