އަށް އަހަރަށް ކުރި ހުކުމް ބާތިލު ކުރުމާއެކު އަދީބުގެ މައްޗަށް މިހާރު އެއްވެސް ޖަލު ހުކުމެއް ނެތް

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައިގާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް އަލުން ...

30 May 2019 | 07:28

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައިގާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް އަލުން ބަލަން ހައިކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މި މައްސަލައިގާ އަދީބުގެ މައްޗަށް އިއްވާފައިވަނީ އަށް އަހަރު ދުވަހުގެ ހުކުމެކެވެ.

މި ހުކުމް މިއަދު ބާތިލުކޮށް އަލުން ބަލަން ހުކުމް ކޮށްފައިވާއިރު މިއާއެކު އަދީބުގެ މައްޗަށް އިއްވާފައިވާ ހުރިހަ ހުކުމެއް މިވަނީ ބާތިލުވެފައެވެ. ނަމަވެސް އަދިވެސް އަދީބު ހުންނެވީ ގޭބަންދުގައެވެ.

އަދީބުގެ މައްޗަށް އިއްވާފައިވަނީ ޖުމްލަ ތިން ޖަލު ހުކުމެކެވެ. އެއީ މިއަދު ބާތިލުކުރި އަށް އަހަރުގެ ހުކުމާއި ފިސްތޯލައެއް ގެންގުޅުނު މައްސަލައިގާ ކުރި 10 އަހަރުގެ ހުކުމާއި އަދި ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލައިގާ އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް