މިހާރު މާލޭގައި ވަގަށް ނަގަނީ ފިހާރަތަކުގެ ބޭރުގައި ހުންނަ ކާއެއްޗެހި

ކޯވިޑް-19 އާިއ ގުޅިގެން މާލެ ލޮކްޑައުން ކުރުމުން ކުށްކުރުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރި...

30 Apr 2020 | 01:27

ކޯވިޑް-19 އާިއ ގުޅިގެން މާލެ ލޮކްޑައުން ކުރުމުން ކުށްކުރުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ މާލޭގެ ލޮކްޑައުނާ ގުޅިގެން ބޮޑެތި ކުށްތައް އެއްކޮންހެން ހުއްޓިފައިވާ ކަމަށެވެ. މިހާރު ފުލުހުންނަށް ހުށަހެޅެނީ ވަރަށް އާދައިގެ ކުށްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

އާދައިގެ ކުށުގެ މިސާލު ޖައްސަވަމުން ވިދާޅުވީ ގިނައިން މިހާރު ފުލުހުންނަށް ހުށަހެޅެނީ ކުދި ވައްކަންތައް ކަމަށެވެ. އެގޮތުން ބާޒާރުން ގެނެސް ފިހާރަތަކަށް ނުވެއްދިގެން ބޭރުގައި ބަހައްޓާފައި ހުންނަ ކާއެއްޗެހި ވަގަށް ނަގާކަމުގެ ރިޕޯޓު ކުރާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ފުލުހުން ބުނީ ކުށް ކުރުން މަދުވުމުގެ މައިގަނޑު ދެ ސަބަބެއް އެބައޮތް ކަމަށެވެ. އޭގެ ތެރޭގައި ބޮޑެތި ވައްކަންތަކާއި ކުށް ކުރާ މީހުން ފުލުހުންގެ ބަންދުގައި ތިބުމާއި، އާންމުކޮށް ބޭރަށް ނުކުމެ އުޅުން މަނާވުމަކީ ކުށްކުރުމަށް ހުޅުވިފައިވާ ދޮރުތައް ބަންދުވެފައިވާ ސަބަބުތައް ކަމަށެވެ.

މާލެ ލޮކްޑައުން ކުރުމުގެ ކުރިން މިދިޔަ މާޗްމަހުގެ ފަހުކޮޅު އިލެކްޓްރޯނިކް ސާމާނު ވިއްކާ ބޮޑު ފިހާރައަކުން ގިނަ އަދަދެއްގެ ސާމާނު ނެގި މައްސަލައެއް ފުލުހުން ތަހުގީގު ކުރި އެވެ. އެ މައްސަލައިގަ ބިދޭސީންވެސް ހިމެނޭ ކަމަށް ފުލުހުން ހާމަކުރި އެވެ.

މާލޭގެ ލޮކްޑައުނާއި ގުޅިގެން މިހާރު އާންމުކޮށް ފުލުހުން ހައްޔަރު ކުރަން ޖެހެނީ ލޮކްޑައުން ގަވައިދާ ހިލާފުވާ ފަރާތްތަކެވެ. އެގޮތުން ކޮންމެ ދުވަހަކު އެތައް ބަޔަކު ޖޫރިމަނާކޮށް ބައެއް މީހުން ހައްޔަރު ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް