ކުޑަ ދެ އަންހެންކުދިން ފޮރުވައިގެން އުޅުނު ފިރިހެނަކު ހައްޔަރުކޮށްފި

ކުޑަ ދެ އަންހެންކުއްޖަކު ފޮރުވައިގެން އުޅުނު ފިރިހެނަކު ރަށަކުން ހައްޔަރުކޮށްފިއެވެ. އެއީ ކޮން ރަށަކުން ކަމެއް އަދި އެ ކުދިންގެ އުމުރަކީ ކޮބައިކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނ...

30 Apr 2019 | 18:41

ކުޑަ ދެ އަންހެންކުއްޖަކު ފޮރުވައިގެން އުޅުނު ފިރިހެނަކު ރަށަކުން ހައްޔަރުކޮށްފިއެވެ.

އެއީ ކޮން ރަށަކުން ކަމެއް އަދި އެ ކުދިންގެ އުމުރަކީ ކޮބައިކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ ދެ ކުދިން ސަލާމަތްކޮށް އެ ފިރިހެން މީހާ ހައްޔަރުކުރީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރަށއްގެ ގެއަކަށް ދަންވަރު ވަދެ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

"އެ ރަށުގައި ދެ ކުދިން ފޮރުވައިގެން އުޅޭ ގެއަށް ރޭ 02:55 ގައި ފުލުހުން ވަދެ އެ ގެއިން ދެ ކުދިން ހޯދާފައިވޭ، އަދި އުމުރުން 29 އަހަރުގެ ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި" ފުލުހުން  ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލައިގާ ހައްޔަރު ކުރި މީހާގެ ގެ ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ބަންދުކުރަން ގެންގުޅޭކަމަށް ބެލެވޭ ސާމާނު ތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ކަރުދާސް ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ކުޑަ ޕެކެޓެއް ފެނިފައިވާކަމަށެވެ.

އިތުރަށް ބުނެފައިވަނީ މި މައްސަލައިގާ ހިމެނޭ ދެ ކުދިން ޖެންޑަރ މިނިސްޓްރީގެ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއި ހަވާލުކޮށް ކުދިންގެ އާއިލާ އާއި ހަވާލުކުރެވެންދެން ކުދިންނަށް ރައްކާތެރި މާހައުލެއްގައި ވަނީ ބައިތިއްބާފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް