މަސައްކަތްތެރިންގެ ދުވަހު ރެލީއެއް ބާއްވަން ހަމަޖައްސައިފި

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ޓޫރިޒަމް އެންޕްލޯއީސް އެސޯސިއޭޝަން ގެ އިސްނެގުމާއެކު ރެލީ އެއް ބާއްވަން ހަމަޖައްސައިފިއެވެ. ރާއްޖޭގެ މަސައްކަތްތެރިންގެ ޖަމިއްޔާތަކުން ބާއްވަ ރެލީ ފަށަން ހަމަޖެހިފައ...

30 Apr 2019 | 14:16

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ޓޫރިޒަމް އެންޕްލޯއީސް އެސޯސިއޭޝަން ގެ އިސްނެގުމާއެކު ރެލީ އެއް ބާއްވަން ހަމަޖައްސައިފިއެވެ.

ރާއްޖޭގެ މަސައްކަތްތެރިންގެ ޖަމިއްޔާތަކުން ބާއްވަ ރެލީ ފަށަން ހަމަޖެހިފައިވަނީ 1 މެއި ވާ ބުދަ ދުވަހު ގެ ހަވީރު 16:00 ގައި ރަސްފަންނު ސަރަހައްދުގައެވެ.

އެގޮތުން މަސައްކަތްތެރިންގެ ދުވަހުގެ ޝިއާރަކީ "ޑީސެންޓް ވޯކް ފޯ އޯލް" ނުވަތަ "އެންމެންނަށް އަބުރުވެރި މަސައްކަތެއް" މި ޝިއާރު ކަމަށް މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ.

ކޮންމެ އަހަރެއްގެ މެއި 1 ވަނަ ދުވަހަކީ ބައިނަލް އަގްވާމީ މަސައްކަތްތެރިންގެ ދުވަހަށްވާއިރު، 1886 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ މަސައްކަތްތެރިންގެ ޔޫނިއަންތަކާއި މަސައްކަތްތެރިންގެ ހައްގު ރައްކާތެރި ކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން މި ދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް