ތައިލެންޑް މަސާޖު، ދުނިޔޭގެ ތަރިކައިގެ ލިސްޓަށް ލައިދިނުމަށް އެގައުމުން ޔުނެސްކޯގައި އެދިއްޖެ

ތައިލެންޑްގައި ކުރަމުން އަންނަ މަސާޖެއް ކަމުގައިވާ "ނުއާޑް ތައި" މަސާޖު، ދުނިޔޭގެ ތަރިކައިގެ ލިސްޓަށް ލައިދިނުމަށް ޔުނެސްކޯގައި ތައިލެންޑުން އެދިއްޖެއެވެ. މިއަދު މިކަން ހާމަކޮށްފައިވަނީ ތައިލެންޑްގެ ކ...

30 Apr 2019 | 13:03

ތައިލެންޑްގައި ކުރަމުން އަންނަ މަސާޖެއް ކަމުގައިވާ "ނުއާޑް ތައި" މަސާޖު، ދުނިޔޭގެ ތަރިކައިގެ ލިސްޓަށް ލައިދިނުމަށް ޔުނެސްކޯގައި ތައިލެންޑުން އެދިއްޖެއެވެ.

މިއަދު މިކަން ހާމަކޮށްފައިވަނީ ތައިލެންޑްގެ ކަލްޗަރ މިނިސްޓަރު ވީރާ ރޯޖްޕޯޗަރާނަތެވެ.

އޭނާ ބުނެފައިވާގޮތުގައި ބައިނަލްއަގްވާމީ ތަރިކައިގެ ލިސްޓުގެ އަޕްޑޭޓެއް އަންނަ ނޮވެމްބަރުގައި ޔުނެސްކޯއިން ނެރޭއިރު ތައިލެންޑް މަސާޖު އެ ލިސްޓުގައި އޮންނާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑެވެ. މި މަސާޖުގެ ތަފްސީލީ ލިޔުންތަކާއި މަސާޖު ކުރާގޮތުގެ ކުރެހުންތައް ޔުނެސްކޯއަށް މިހާރު ފޮނުވާފައިވާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ތަރިކައިގެ ލިސްޓަށް ތައި މަސާޖު ލުމަށް ކުރާ މަސައްކަތުގައި އެގައުމުގައި މަސާޖު ހިދުމަތްދޭ ހުރިހާ ތަނަކުންވެސް އެއްބާރުލުން ދިނުމަށް އޭނާ ގޮވާލާފައިވެއެވެ. އެގޮތުން އެ ވައްތަރުގެ މަސާޖުގެ ސްޓޭންޑަޑް ހިފަހައްޓައި އެ މަސާޖުގެ ކޮލިޓީ ދަށްވިޔަ ނުދިނުމަށް އޭނާ އިލްތިމާސް ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް